މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ އިންޓަނޭޝަނަލް މީޑިއާ ޕާޓްނަރަކަށް "އޭޝިއަން ޖިއޮގްރަފިކް މެގަޒިން"

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އިން ބާއްވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2014ގެ އޮފިޝަލް އިންޓަނޭޝަނަލް މީޑިއާ ޕާޓްނަރަކަށް، "އޭޝިއަން ޖިއޮގްރަފިކް މެގަޒިންސް" ހަމަޖައްސައިފި އެވެ.

މިއަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުގައި ކުރުނބާ މޯލްޑިވްސްގައި ބާއްވަން ހަމަޖެހިފައިވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2014ގެ އިވެންޓް އޯގަނައިޒާ "ހައިރައިޒް ޕްރައިވެޓް ލިމިޓެޑް" އިން ބުނީ، ސިންގަޕޫރުގެ އޭޝިއަން ޖިއޮގްރަފިކް މެގަޒިންސް ޕްރައިވެޓް ލިމިޓެޑުން މި އިވެންޓުގެ އިންޓަނޭޝަނަލް މީޑިއާ ޕާޓްނަރަކަށް ވުމުން ބޭރު ދުނިޔޭގައި މި އިވެންޓު އިތުރަށް ޕްރޮމޯޓްކޮށް، އޭޝިއާގެ ޑައިވަރުންނާއި ފަތުރުވެރިންގެ މެދުގައި އިވެންޓުގެ މަގުބޫލުކަން އިތުރުކުރެވޭނެ ކަމަށެވެ.

އެގޮތުން މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑާއި ރާއްޖެއާ ބެހޭ މައުލޫމާތުތައް، މުޅި އޭޝިއާގައި ވެސް މަގުބޫލުކަން ހޯދާފައިވާ، އޭޝިއަން ޑައިވަރ، ސްކިއުބާ ޑައިވަރ އޮސްޓްރޭލިއާ، އޭޝިއަން ޖިއޮގްރެފިކް އަދި އޭޝިއަން ޖިއޮގްރަފިކް ޕާސްޕޯޓް ފަދަ މަޝްހޫރު މެގަޒިންތަކުގައި ޝާއިއު ކުރެވޭނެ ކަމަށް ހައިރައިޒުން ބުންޏެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ މެއިން ސްޕޮންސާއަކީ މިފަހަވެސް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެވެ. ކޯ-ސްޕޮންސަރުންނަކީ، އެސްޓީއޯ، އެލައިޑް އިންޝުއަރެންސް، އަދި ދަ ހޯކްސް އެވެ. އޮފިޝަލް ބިވަރޭޖް ޕާޓްނަރަކަށް ޝްވެޕްސް އަދި ބޮނަކުއާ ހަމަޖައްސާފައިވާއިރު، ލޯކަލް މީޑިއާ ޕާޓްނަރަކީ އެމްބީސީ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު