މީރާ ތެރެއިން ގިނަ އަދަދެއްގެ ފައިސާ "ވަގަށް ނެގިމީހާ" ހައްޔަރުކޮށްފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ތެރެއިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި މިއަދު ހަވީރު ފުލުހުން ހޯދަމުންދިޔަ މީހާ ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަންއަށް ވިދާޅުވީ، އެމީހާ ހައްޔަރު ކުރީ، މިރޭ 9:30 ކަންހާއިރު ކަމަށެވެ. އެއީ، ބަނގުލަދޭޝް މީހެއް ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

"އެމީހާ ހައްޔަރުކުރީ އާންމުންގެ އެހީތެރިކަމާ އެކު. އެއީ ބަނގުލަދޭޝް މީހެއް. މިކަމާ ގުޅޭ އިތުރު މައުލޫމާތު އަޅުގަނޑުމެން ކުރިއަށް ގެންދާ ތަހުގީގަށްފަހު ހާމަކުރާނަން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ،

ފުލުހުން ބުނެފައިވަނީ ވަގަށް ނަގާފައިވަނީ، މިދިޔަ އާދިއްތަ ދުވަހުގެ ވަގުތެއްގައި މީރާއަށް ފައިސާ ދައްކަންގޮސް ހުރި މީހަކު ކައުންޓަރު މަތީ ބަހައްޓާފައި ހުރި 26،000ރ ކަމަށެވެ.

ފުލުހުން މިއަދު ހަވީރު ވަނީ، މީރާއިން ވައްކަންކުރި މީހާ އެތަނުގެ ތެރޭގައި ހަރަކާތްތެރިވި ގޮތުގެ ވީޑިއޯއެއް އާންމު ކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު