ސެލެންގޯ އަތުން މާޒިޔާ ބަލިވެއްޖެ

އޭއެފްސީ ކަޕްގެ ގުރޫޕް އެފްގެ އެންމެ ފަހު މެޗުގައި މިއަދު މެލޭޝިއާގެ ސެލެންގޯއާ ދެކޮޅަށް ރަށުން ބޭރުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުނު މެޗުން 4-1 ލަނޑުން މާޒިޔާ ބަލިވެއްޖެ އެވެ.

މެލޭޝިއާގެ ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ މާޒިޔާއިންނެވެ. އެލަނޑު މެޗުގެ 10 ވަނަ މިނެޓުގައި މާޒިޔާއަށް ކާމިޔާބު ކޮށްދިނީ ފޯވާޑް އައްސަދުﷲ އަބްދުއްﷲ އެވެ.

މެޗުގައި ސެލެންގޯއިން މާޒިޔާ ކޮޅަށްޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު އެޓީމަށް ޖަހައި ދިނީ ފޯވާޑް ޕައުލޯ އެވެ. އަދި މެޗުގައި މާޒިޔާ ކޮޅަށް ސެލެންގޯއިން ޖެހި ހަތަރު ވަނަ ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ މުހައްމަދު އަޒްމި ބިން މުސްލިމް އެވެ.

މިއަދުގެ މެޗަށް މާޒިޔާ އިން ނިކުތް އިރުވެސް އެޓީމް ވަނީ މުބާރާތުން ކަޓައިފަ އެވެ. އެގޮތުން މާޒިޔާ އިން މި މުބާރާތް ނިންމާލީ 1 ޕޮއިންޓާއެކީ ގްރޫޕްގެ އެންމެ ފުލުގައި އޮވެ އެވެ. މި ގްރޫޕުން ދެވަނަ ބުރަށް ދިޔައީ 15 ޕޮއިންޓު ހޯދައިގެން ވިއެޓްނާމްހެހަނޯއީ އާއި 10 ޕޮއިންޓު ހޯދައިގެން އިންޑޮނޭޝިއާގެ އަރޭމާ އެވެ. އަދި މިގްރޫޕްގެ ތިން ވަނަ ލިބުނީ އަށް ޕޮއިންޓު ހޯދި މެލޭޝިއާގެ ސެލެންގޯ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު