މީރާ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މީހަކު ހޯދަން އިއުލާންކޮށްފި

މީރާ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މީހަކު ހޯދަން ވީޑިއޯއެއް އާންމުކޮށްފި އެވެ.

ފުލުހުން ބުނީ މީހަކު ހޯދަމުން ދަނީ މީރާގެ ކައުންޓަރު މަތީ ބަހައްޓާފައި ހުރި 26،000 ރުފިޔާ ވަގަށް ނެގި މައްސަލައާ ގުޅިގެން ކަމަށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ އެ ފައިސާތަކަކީ މީރާ އަށް ފައިސަ ދައްކަން ދިޔަ މީހެއްގެ ފައިސާތަކެއް ކަމަށެވެ.

ފުލުހުން ބުނީ ފައިސާތައް ވަގަށް ނަގާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ވަގުތެއްގައި މީރާ އަށް ފައިސާތަކެއް ދައްކަން ގޮސް އިން މީހެއްގެ އަތުން ކަމަށެވެ.

ފުލުހުން ބުނީ ވީޑިއޯ އިން ފެންނަ މީހާއަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށެވެ. އަދި އެމީހާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތެއްވާނަމަ އެކަން ލަސްނުކޮށް ފުލުހުންނަށް އެނގުމަށް ޕޮލިހުން އެދިފައިވެ އެވެ.

https://www.youtube.com/watch?v=Mi3GTbxfhkM
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު