ތަސްމީނުގެ ގާތް ބޭފުޅުން އުފައްދަވަން އުޅުއްވި ޓީވީގެ ލައިސަންސް ބާތިލުކޮށްފި

ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީނު އަލީގެ އަރިސް ބައެއް ބޭފުޅުން އުފައްދަވަން މަސައްކަތް ކުރެއްވި ޓީވީ ޗެނަލް "ޓީވީ5" އަށް ދީފައި އޮތް ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ބާތިލުކޮށްފި އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޓީވީ5 ގެ ލައިސަންސް ބާތިލުކުރީ ބްރޯޑްކާސްޓް ކުރަން ފަށަން ޖެހޭ މުހުލަތު އެއް އަހަރު ހަމަ ވީއިރު ބްރޯޑްކާސްޓްކުރަން ފަށާފައި ނުވާތީ ކަމަށެވެ.

ޓީވީ5 ބްރޯޑްކާސްޓް ކުރަން ފަށަން ޖެހޭ މުހުލަތު ހަމަވީ މިމަހުގެ 17 ވަނަ ދުވަހު ކަމަށާއި އެ ޗެނަލަށް ދީފައިވާ ލައިސަންސް ބާތިލުވީ އެދުވަހު ކަމަށެވެ.

ޓީވީ5 ގެ މަސްއޫލުވެރިންނަކީ ހ. އާޒާދުވާދީ ޝިހާމް މުހައްމަދު ވަހީދާއި ގ. ލިއެނާ ޙުސައިން މުޙައްމަދާއި، ގ. ލަންކާ މުޙައްމަދު ސަލީމާއި ސ. ހުޅުދޫ އެޅެހިށިގެބޭރުގެ މުޙައްމަދު ނަޞްރެވެ.

ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 30ވަނަ މާއްދާގެ (ނ)ގައި އަދި ބްރޯޑްކާސްޓްކުރުމުގެ ގަވައިދުގެ 14ވަނަ މާއްދާގެ (ށ)ގެ 3ގައި ވަނީ ، ބްރޯޑްކާސްޓްކުރަން ފެށުމަށް ކަނޑައަޅާފައިވާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ބްރޯޑްކާސްޓް ކުރަން ފަށައިފައި ނުވާނަމަ ލައިސަންސް ބާތިލުވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު