އަލިފުށިން ވެސް ބްލެކް ވިޑޯތަކެއް ފެނިއްޖެ

ފައިދިގު މަކުނުގެ ވަރަށް ނުރައްކާތެރި ބާވަތެއް ކަމުގައިވާ ބްލެކް ވިޑޯތަކެއް ރ. އަލިފުށީގެ ގުދަނަކުން ވެސް ފެނިއްޖެ އެވެ.

އަލިފުށީ ކައުންސިލްގެ ރައީސް އަހުމަދު މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ އެއެއްޗެހިތައް ފެނިފައި ވަނީ މިއަދު ހެނދުނު "އައިޓޫ ހާޑްވެއާ" ނަމަކަށް ކިޔާ ފިހާރައެއްގެ ގުދަނަކުން ނެރުނު ފޮށިގަނޑެއްގެ ތެރެއިން ކަމަށެވެ. އަދި އެތަކެތި ފެނުނީ އެ ކައުންސިލްގެ މެމްބަރަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ފޮށިގަނޑުގެ ތެރޭގައި ތިން ބްލެކް ވިޑޯ އޮތްއިރު އެތަނުން އެކަތި އޮތީ މަރުވެފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކައުންސިލަށް ބޭނުންވާ އެސްލޯން ފިޓިންގްސްތަކެއް ގަންނަން ކައުންސިލްގެ މެމްބަރަކު ދިޔައީ އެފިހާރައަށް. ދެން އެ މީހުން ގުދަނުން ގެނައު ފޮށިގަނޑެއްގެ ތެރޭގައި އެތަކެތި ހުރީ، އެތަނުން އެންމެ ބޮޑު އެތީގައި ދޮޅު އިންޗި ހުރި،" އަހުމަދު ވިދާޅުވި އެވެ.
http://sun.mv/albums/live_24332.jpg
ގުދަނުގެ ތެރެއިން ފެނުނު ބްލެކްވިޑޯތައް ފުޅިއަކަށް ލުމަށް ފަހު ކައުންސިލްގެ އިދާރާ އިން ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ. އަދި އެތަކެތި ފުލުހުންނާ ހަވާލުކުރުމުން އިތުރު އެއްޗެއް ފެނޭތޯ ފުުލުހުންނާއި ގުދަނުގެ މީހުން ގުޅިގެން ކުރި މަސައްކަތުން އޭގެ އިތުރު ފޮށިގަނޑެއްގެ ތެރެއިން އެއް މަކުނު ފެނިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭތި އޮތީ މަރުވެފަ އެވެ.

ފުލުހުން ބުނީ ބްލެކްވިޑޯތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް އަލިފުށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
http://sun.mv/albums/live_24333.jpg
ހާޑް ވެއާގެ ސާމާނު ހުންނަ އެގުދަނުގެ ތެރެއިން ނެރުނު އެ ފޮށިގަނޑަކީ މާލެއިން ގަނެގެން ގެންދިޔަ އެއްޗެއް ނަމަވެސް އެ ފޮށިގަނޑު ރާއްޖެއަށް އެތެރެކޮށްފައި ވަނީ ތައިލޭންޑުން ކަމަށާއި ފޮށިގަނޑުގެ ޕެކިން ވެސް ހުރީ ރާއްޖެއަށް އެތެރެކުރި ގޮތަށް ކަމަށް ކައުންސިލުން ބުންްޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު