ޖަޕާނުގެ ޓޭންކަރަކުން ދެ މިލިޔަނަށް ވުރެ ގިނަ ލީޓަރުގެ ތެޔޮ ފޭރިގެންފި

މެލޭޝިއާ ކައިރިން ، މަލަކާ ކަނޑުއޮޅިން ދަތުކުރު ޖަޕާނުގެ ތެޔޮޓޭންކަރެއް ބަޔަކު ހިފަހައްޓައި ދެ މިލިޔަނަށް ވުރެ ގިނަ ލީޑަރުގެ ތެޔޮ ފޭރިގެންފި އެވެ.

މެލޭޝިއާގެ ކަނޑުގެ ފުލުހުންނާ ހަވާލާދީ ދަ ގާޑިއަން ނޫހުން ބުނީ ތެޔޮ ޓޭންކަރުގެ ތިން ފަޅުވެރިން ވެސް ކަނޑުފޭރޭމީހުން ގެންގޮސްފައިވާ ކަމަށެވެ.

ޖަޕާނުގެ ޓޭންކަރަށް ކަނޑުފޭރޭ މީހުން އެރީ އިއްޔެރޭ ދަންވަރު މެލޭޝިއާ ގަޑިން އެކެއް ޖަހާ އެހާކަށް ހާ އިރު ކަމަށް ކަނޑުގެ ސިފައިންގެ ފަރާތުން ވާހަކަ ދެއްކެވި އަބުދުލްއަޒީޒު ޔޫސުފް ވިދާޅުވި ކަމަށް ގާޑިއަން ނޫހުގައިވެ އެވެ.
ޓޭންކަރުގައި ހުރި ފަސް މިލިޔަން ލީޑަރުގެ ޑީސަލްގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި (ދެމިޔަން ލީޓަރަށް ވުރެ ގިނަ ތެޔޮ) ފޭރޭމީހުން ވަނީ ގެންގޮސްފަ އެވެ. އެމީހުން ތެޔޮ ގެންގޮސްފައި ވަނީ ދެބޯޓަކަށް އަރުވައިގެންނެވެ.

ކަނޑުފޭރޭ މީހުން ގެންދިޔަ ތިން ފަޅުވެރިންނަކީ އިންޑޮނޭޝިއާގެ ރައްޔިތުން ކަމަށް އެގައުމުގެ ނޫސްތަކުން ބުންޏެވެ.
ޖަޕާނުގެ ނަނިންވާމަރު1 ނަމަކަށް ކިޔާ ބޯޓަށް ކަނޑުފޭރޭ މީހުން އެރީ ސިންގަޕޫރުން ފުރައިގެން ބަރުމާ އަށް ދަތުކުރުކުރަނިކޮށެވެ. އެބޯޓްގެ ފަޅުވެރިންގެ ގޮތުގައި ތިބީ ތައިލެންޑާއި ބަރުމާއާއި އިންޑިއާގެ ރައްޔިތުންނެވެ.

ރީޖަނަލް ކޯޕަރޭޝަން އެގްރީމެންޓް އޮން ކޮމްބެޓިން ޕައިރޭސީ އެންޑް އާމްޑް ރޮބަރީ އެގެއިންސްޓް ޝިޕްސް އިން އޭޝިއާ ( ރިކެޕް) ބުނާ ގޮތުގައި މަލަކާ ކަނޑުއޮޅީގައި މިފަދަ ހާދިސާތައް 12 އާއި 20 ދެމެދުގެ އަދަކަށް ކޮންމެ އަހަރަކު ވެސް ހިނގަ އެވެ. އެ ޖަމިއްޔާ އިން ބުނާ ގޮތުގައި އެފަދަ ހާދިސާތަކުގައި ބޯޓްތަކުގައި ހުންނަ ފައިސާ އާއި މުދާ ފޭރުމުގެ އިތުރުން ފަޅުވެރިންނަށް ހަމަލާދެ އެވެ.

ދުނިޔޭގައި ވިއްކާ ތެލުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި އުފުލާ ބޯޓްފަހަރު ދަތުކުރުކުރަނީ މަލަކާ ކަނޑުއޮޅިންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު