24 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ ހަތް މީހެއްގެ މުއްދަތު އިތުރުކޮށްފި

ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ހަތް މީހެއްގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ އެކިދުވަސްމަތިން ކަމަށެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ދެ ދިވެއްސެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު އާދީއްތަ ދުވަހު ބަނގުލަދޭޝްގެ ތިން މީހަކާއި އިތުރު ދެ ދިވެހީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ޕާކިސްތާނުގެ ދެ މީހުންނަށް ޖަހައިދިން ބަންދުގެ މުއްދަތު ހަމަވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ހަ މީހަކު މީގެކުރިން ވަނީ ދޫކޮށްލާފަ އެވެ. ނަމަވެސް އެމީހުން ދޫކޮށްލި ސަބަބެއް ފުލުހުން ނުބުނެ އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު