ސެލަންގޯއާ ދެކޮޅަށް ކުޅުމަށް މާޒިޔާ މެލޭޝިއާ އަށް ހިނގައްޖެ

އޭއެފްސީ ކަޕްގެ ގްރޫޕް އެފްގެ އެންމެ ފަހު މެޗުގައި މެލޭޝިއާގެ ސެލެންގޯއާ ދެކޮޅަށް މާދަމާ ކުޅޭ މެޗަށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު މެލޭޝިއާ އަށް ހިނގައްޖެ އެވެ.

ރަށުން ބޭރުގައި ސެލަންގޯއާ ދެކޮޅަށް މާޒިޔާ ނިކުންނަ އިރު މިދިޔަ މަހުގެ 11 ވަނަ ދުވަހު ގަލޮޅު ދަނޑުގައި މަޒިޔާއާ ދެކޮޅަށް ސެލަންގޯ ކުޅުނު މެޗް ނިމުނީ 1-1 ލަނޑުން ދެ ޓީމް އެއްވަރު ވެގެންނެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގައި މިހާތަނަށް މާޒިޔާ އިން ޖުމްލަ ފަސް މެޗް ކުޅެފައިވާ އިރު ގްރޫޕް ސްޓޭޖްގައި އެޓީމް އޮތީ އެއް ޕޮއިންޓާއެކު އެންމެ ފުލުގަ އެވެ. އަދި މާޒިޔާއާ ދެކޮޅަށް ނިކުންނަ ސެލަންގޯ އޮތީ ފަސް ޕޮއިންޓާ އެކު ގްރޫޕްގެ ތިން ވަނަ މަގާމް ގައެވެ. ގްރޫޕްގެ އެއް ވަނަ މަގާމްގައި 12 ޕޮއިންޓާ އެކު ވިއެޓްނާމްގެ ހަނޯއީ އޮތް އިރު ގްރޫޕްގެ ދެ ވަނަ މަގާމް ގައި 10 ޕޮއިންޓާ އެކު އޮތީ އިންޑޮނޭޝިއާގެ އަރޭމާ އެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް އެފް އިން ދެ ވަނަ ބުރު ކަށަވަރުވެފައިވާ ހަމައެކަނި ދެ ޓީމަކީ ވެސް ވިއެޓްނާމްގެ ހަނޯއީ އާއި އިންޑޮނޭޝިއާގެ އަރޭމާ އެވެ. އެހެން ނަމަވެސް މި ދެ ޓީމް އަންނަ ބުދަ ދުވަހު ރާއްޖެ ގަޑިން 5:00ގައި ހަނޯއީގެ އަމިއްލަ ދަނޑުގައި ކުޅޭ މެޗުން ހަނޯއީ މޮޅުވެއްޖެ ނަމަ ގްރޫޕްގެ އެއް ވަނަ މަގާމް ކަށަވަރު ވާނެ އެވެ.

މި އަހަރުގެ އޭއެފްސީ ކަޕްގައި މާޒިޔާގެ އިތުރުން ރާއްޖެ އިން ދެން ވާދަކުރަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. އެގޮތުން އޭއެފްސީ ކަޕްގެ ގްރޫޕް އީގައި ނިއު ކުޅޭ ފަހު މެޗުގައި އަމިއްލަ ދަނޑުގައި މާދަމާ ނިކުންނާނީ އިންޑިއާގެ ޗާޗިލް ބުރަދާސްއާ ދެކޮޅަށެވެ. މިމެޗަށް ނިއު ނިކުންނައިރު އެޓީމުވެސް ވަނީ މުބާރާތުން ކަޑައިފަ އެވެ. އެގޮތުން ގްރޫޕްގައި ނިއު މިހާތަނަށް ކުޅުން ފަސް މެޗުގެތެރެއިން އެޓީމަށް މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ މިދިޔަ ފެބުރު އަރީ މަހުގެ 25 ވަނަ ދު ވަހު ސިންގަޕޫރިގެ ހޯމްޔުނައިޓެޑާ ދެކޮޅަށް ކުޅެ 1-0 ލަނޑުން ނިއު މޮޅުވި މެޗެވެ. މިގްރޫޕްގެ އެއް ވަނަ މަގާމްގައި އިންޑޮނޭޝިއާގެ ޕެސެޕޫރާ އޮތް އިރު ދެ ވަނާގައި އޮތީ ޗާޗިލް ބަރަދާސް އެވެ. އަދި ތިން ވަނަ މަގާމް ގައި އޮތީ ހޯމް ޔުނައިޓެޑެވެ. އެހެން ނަމަވެސް ޕޮއިން ޓުގެ ގޮތުން ހޯމް ޔުނައިޓެޑާއި ޗާޗިލް ބްރެދާސް ވަނީ އެއްވަރުވެފަ އެވެ. އެއީ ހަތް ޕޮއިންޓާ އެކު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު