އައްޑޫ ސިޓީގެ މީދޫ ގެއަކުން ބައިލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި

އައްޑޫ ސިޓީގެ މީދޫ ގެއަކުން ބައިލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

ފުލުހުން މިއަދު ސަން އަށް ބުނީ އެ ރަށުގެ ގެއަކުން ވައްކަންކޮށްފައި ވަނީ ރޭ 3:00 ހާއިރު ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އުމުރުން ދުވަސްވީ ދެމަފިރިއަކު ދިރިއުޅެމުން އަންނަ އެގެއަށް ވަގު ވަދެފައި ވަނީ އެ ދެމަފިރިން އެގޭގެ ބޭރުގައި ހުރި އުނދޯޔެއްގައި ނިދާފައި ތިއްބަ އެވެ. އޭރު އެގެ ހުރީ އެއްވެސް ދޮރެއް ދަޅުނުލަ އެވެ. އަދި ވަގުން ވަދެ ވައްކަންކޮށްފައި ވަނީ އެ ގޭގެ މައިދޮރުން އެގެއަށް ވަދެގެން ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު