އޭދަފުށީ ބިންހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ބ. އޭދަފުށީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ހެނދުނު ފަށައިފި އެވެ.

އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ 32 ހެކްޓަރުގެ އޭދަފުއްޓަށް އިތުރަށް 25 ހެކްޓަރުގެ ބިން ހިއްކަނީ ނެދަލޭންޑްސްގެ ބޮސްކާލިސް އިންޓަނޭޝަނަލްއާ ހަވާލުކޮށްގެންނެވެ.

އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 21 ދުވަހުގެ ތެރޭގައި ބިން ހިއްކައި ނިންމާލުމަށެވެ.

އޭދަފުށީ ކައުންސިލްގެ ނާއިބް ރައީސް މުހައްމަދު ނައުރީފް ވިދާޅުވީ އެރަށުން ގެދޮރުގެ ދަތިކަން ދިމާވެފައިވާ 350 އާއިލާއެއް އެބައުޅޭ ކަމަށާއި 1989 ވަނަ އަހަރުގެ ފަހުން މިހާތަނަށް އެރަށުން ގޯތި ދޫކުރެވިފައި ނުވަނީ ބިމުގައި ޖާގަނެތުމުން ކަމަށެވެ.

"ބިން ނެތުމަކީ ތަރައްގީއަށް އޮތް ވަރަށް ބޮޑު ދައްޗެއް. މިއީ މިރަށުގެ ރައްޔިތުން 30 އަހަރުވަންދެން ކުރި އުންމީދެއް،" ނައުރީފް ވިދާޅުވި އެވެ.

އޭދަފުށީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު ބޮސްކާލިސް އިން ވަނީ ދ. މީދޫ ބިންހިއްކުމުގެ މަސައްކަތް މިދިޔަ ހަފްތާގެ ތެރޭގައި ނިންމާލައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު