މާވަށު ފަޅުތެރޭ ތާށިވި ދެ ކޯމަސް ބޭރުކޮށްފި

ލ. މާވަށު ހުޅަނގުފަރާތު ފަޅުތެރޭގައި ތާށިވި ދެ ކޯމަސް ކަނޑަށް ބޭރުކޮށްފި އެވެ.

މާވަށު ފަޅުތެެރޭގައި އިއްޔެގެ ވަގުތެއްގައި ތާށިވި ދެ ކޯމަސް ކަނޑަށް ބޭރުކޮށްފައިވަނީ އެރަށު ރައްޔިތުންގެ ތެރެއިން ޒުވާނުންގެ ބަޔަކު އިސްނަގައިގެންނެވެ. އެމީހުން އެ ދެ ކޯމަސް ބޭރުކުރީ އެއްޗަކަށް ލައިގެން ގެންގޮހެވެ.

މާވަށުގެ ފަޅުތެރޭގައި އެ ދެ ކޯމަސް ތަށިވުމުން އެތަކެތި ކަނޑަށް ބޭރުކުރެވެންދެން ފުލުހުން ގެންދިޔައީ އެތަކެއްޗަށް އެއްވެސް ގެއްލުމެއް ލިބޭތޯ ބަލަމުންނެވެ.

ގާތްގަނޑަކަށް ހަ ފޫޓާއި ހަތް ފޫޓު ހުންނަ ވަރުގެ އެ ދެ ކޯމަސް މާވަށު ފަޅުތެރެއަށް ވަދެފައިވަނީ ހަނދުވަރުދީފައި އޮތް އިރު ދިޔަވަރު ބޮޑު ވަގުތެވެ. ނަމަވެސް އެ ދެ މަސް އެރަށު ފަޅުތެރޭގައި ތާށިވީ ދިޔަވަރު ހިކުނީމާ އެ އެއްޗިއްސަށް ބޭރަށް ނުކުމެވޭ ގޮތް ނުވުމުން ކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.

ކޯމަހަކީ ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ އެއްޗަކަށްވާއިރު ކޯމަސް ހިފުމާއި މެރުމަކީ ރާއްޖޭގައި މަނާކަމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު