ހިރިމަރަދޫ ރައްޔިތުން ކަނުއަދިރީގައި!

ހދ. ހިރިމަރަދޫގައި މިއަދު މެންދުރު ފަހުން ފެށިގެން ކަރަންޓް ކަނޑައިގެން ގޮސް، މުޅި ރަށުގެ ރައްޔިތުން ކަރަންޓަށް ޖެހިފައި ތިބޭތާ ގިނައިރުތަކެއް ވެއްޖެއެވެ.

ހިރިމަރަދޫން ވާހަކަދެއްކި މީހަކު މިރޭ ބުނީ، އެރަށު އިންޖީނުގޭގައި ހުންނަ ދެ އިންޖީނަށް ވެސް މައްސަލަތަކެއް ޖެހިގެން އެރަށުން ކަރަންޓް ކެނޑޭތާ ހަފްތާއެއްހާ ދުވަސް ވެފައިވާ ކަމަށެވެ. އަދި މިއަދު މެންދުރު ފަހު ތިނެއް ޖެހީއްުސުރެ މުޅި ރަށުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ.

"މިއަދު ހެނދުނުން ފެށިގެން މެންދުރު ފަހާއި ޖެހެންދެން ދެ ފަހަރު ކަރަންޓް ދިޔަ. އަދި ކަރަންޓް ލިބެނީ ދޮޅު ގަޑިއިރު ދެ ގަޑިއިރު ފަހުން. އެހެން ހުއްޓާ ތިނެއް ޖެހިއިރު މުޅި ރަަށުން ކަރަންޓު ދިޔަ ގޮތަށް އަދިވެސް ރަށުގައި ކަރަންޓެއް ނެތް. މިރޭ ވެސް ކަރަންޓް ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް،" އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ފެނަކަ ކޯޕަރޭޝަންގެ އޮފިޝަަލަކު މިރޭ ވިދާޅުވީ، ހިރިމަރަދޫއިން އެއްކޮށް ކަރަންޓް ދިޔައީ ދެ އިންޖީނަށް ވެސް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އޭގެ ތެރެއިން އެއް އިންޖީނަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށްފައިވާއިރު މުޅި ރަށަށް ކަރަންޓް ދިނުމަށްޓަކައި ދެވަނަ އިންޖީނު ވެސް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ.

އާބާދީގައި 500 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ހިރިމަރަދޫގެ އިންޖީނުތަކަށް ދިމާވި މައްސަލަ ހައްލުކުރުމަށް ފެނަކައިން މަަސައްކަތް ކުރަމުން އަންނަ ކަމަށާއި އެމައްސަލަ ހައްލުކުރެވުނުހާ އަވަހަކަށް މުޅި ރަށަށް އަލުން ކަރަންޓް ދޭން ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު