އައްޑޫ އެކްސިޑެންޓްގައި އަނިޔާވި މީހާ މަރުވެއްޖެ

އައްޑޫ ސިޓީ ހިތަދޫގައި، ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދަނިކޮށް މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވެފައިވާ ސ. ހިތަދޫ ޗިޗަންޑާގެ، ހަސަން ސައީދު 57، މަރުވެފައިވަނީ ރޭ ފަތިހު ހަތަރެއް ޖަހާ އެހާކަންހާއިރު ކަމަށެވެ.

އެ އެކްސިޑެންޓް ހިނގީ ހިތަދޫ ބޮޑުމަގުން ދެކުނުން އުތުރަށް ބާޑު ސްޕީޑެއްގައި ދުއްވާފައި ހަސަން ސައީދުގެ ސައިކަލް ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ޖެހިގެންނެވެ. އެ އެކްސިޑެންޓްގައި އެމީހާގެ ބޯ ފަޅައިގެން ގޮސް، ފައަތު ފައި ވަނީ ކަފައިގެން ގޮސްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު