ދެ މީހުންނާއެކު ފަރުމަސްވެރި ކަމަށް ނުކުމެ އުޅުނު ޑިންގީ ގެއްލިގެން ހޯދަމުންދަނިކޮށް، މިރޭ އިރާކޮޅު ވިލިމާލޭ ފަޅަށް ވަދެ އޮއްވައި ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ފަރުމަހަށް ނުކުތް ޑިންގީ ހަބަރެއް ނުވީ ޑިންގީގައި ތިބި ދެ މީހުންގެ ފޯނު ނިވިގެން ކަމަށެވެ. އެ މީހުން ވިލިމާލެ ފަޅަށް ވަދެފައި ވަނީ މިރޭ ގާތްގަނޑަކަށް 21:25 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
"މި ޑިންގީ ފަރުމަސްވެރިކަން ކުރަން އޮތީ މާލެ އަތޮޅު ގިރާވަރު ކައިރީގައިވާ ފާނަކޮށި ކައިރީގައި ކަމަށާއި، ފޯނު ނިވިގެން ޚަބަރެއް ނުވީ ކަމަށް އެ ދެމީހުން ބުނޭ،" ސިފައިންގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.