އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެ

އައްޑޫ ސިޓީ، ހިތަދޫގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.

ހިތަދޫގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނީ
ސ. ހިތަދޫ ޗިޗަންޑާގެ، ހަސަން ސައީދު އަށެވެ.

ހިތަދޫ މަލްޓި ސުޕަމާޓު ކުރިމަތީގައި ހިނގި އެ އެކްސިޑެންޓުގައި ސައީދަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާދެމުންދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުންނެވެ. ހޮސްޕިޓަލުން ބުނީ އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށާއި ޑޮކްޓަރުން އޭނާ ބެއްލެވުމުގައި އަވަދިނެތި އުޅުއްވާ ކަމަށެވެ. އޭނާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް ހޮސްޕިޓަލަކުން ނުދެ އެވެ.

ފުލުހުން ބުނީ ހިތަދޫ ބޮޑުމަގުން ދެކުނުން އުތުރަށް ބާޑު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ޖެހިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި އެ ހާދިސާ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ހިތަދޫން "ސަން"އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އެކްސިޑެންޓުގައި ސައީދުގެ ބޯ ފަޅައިގެން ގޮސް ގިނަ އަދަކަށް ބިންމައްޗަށް ލޭ ފޭބި އެވެ. އަދި ވައަތު ފައި ކަފައިގެން ގޮސް ބިން މައްޗަށް ލޭ އޮހޮރިފައި އެބަހުރި ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ހެޔެއް ނެތް ކަމަށް ހިތަދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު