13 މީހުންނާއެކު ގެއްލުނު ދޯނި ފެނިއްޖެ

ޚަބަރެއް ނުވާތާ ހަފްތާއެއް ވެގެން ކޯސްޓް ގާޑުން ހޯދަން ފެށި ނ. މިލަދޫ "މަންހާ" ދޯނި މިރޭ ފެނިއްޖެ އެވެ.

ތޭރަ މީހުންނާއެކު ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު މަންހާ ދޯނި ފެނުނީ ލ. އަތޮޅު ހުޅަނގު ފަރާތު ބޭރުން ގާތްގަނޑަކަށް 70 ނޯޓިކަލް މޭލު ބޭރުނެވެ. އެ ދޯނި ހޯދުނީ ސެޓެލައިޓް ފޯނުން އެ ދޯންޏާ ގުޅިގެން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މަންހާ ދޯނި ގެއްލެން މެދުވެރިވީ ކީއްވެގެން ކަމެއް ކޯސްޓުގާޑަކުން އަދި ހާމައެއް ނުކުރެ އެވެ. ކޯސްޓުގާޑުން ބުނީ މިހާރު އެ ދޯނި އަންނަނީ މާލެ އައުމަށް ދަތުރުކުރަމުން ކަމަށާއި ދޯނީގައި ތިބި އެންމެންގެ ޙާލު ވެސް ރަނގަޅު ކަމަށެވެ.

މަންހާ ދޯނި މިރޭ ފެނުނުއިރު، ދޯނީގެ ޚަބަރެއް އެންމެ އެންމެފަހުން ވެފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ދ. އަތޮޅާ ދިމާލު ބޭރުން މަސްވެރިކަން ކުރަމުން ދިޔައިރު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު