ގައުމީ ކުރިކެޓް ޓީމުގެ ކޯޗް މާލެ އަތުވެއްޖެ

އަންނަ ޖޫން މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ސިންގަޕޫރުގައި ބާއްވާ އޭސީސީ އެލީޓް ކުރިކެޓް ލީގުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ކުރިކެޓް ޓީމުގެ ހެޑް ކޯޗް ސްރީލަންކާގެ ބެރެންޑަން ކުރުއްޕޫ މިއަދު މާލެ އަތުވެއްޖެ އެވެ.

މިއަހަރުގެ މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ގައުމީ ކުރިކެޓް ޓީމުގެ ފަރިތަކުރުންތައް ވަނީ 22 ކުޅުންތެރިންނާއެކު ފަށާފަ އެވެ. އަދި މުބާރާތުގައި ވާދަކުރުމަށް ސިންގަޕޫރަށް ދިއުމަށް ހަމަޖެހިފައި ވަނީ 14 ކުޅުންތެރިންގެ ސްކޮޑެކެވެ.

ރާއްޖެއަށް ޗެލްންޖް ކަޕް ހޯދާދިން ކުރުއްޕޫގެ ޓްރޭނިންގް ފެށުމުގެ ކުރިން މިއަދު ޓީމާއި ބައްދަލުކޮށް 2012 ވަނަ އަހަރު ޗެމްޕިއަންކަން ލިބުނު ގޮތަށް، މިފަހަރު ވެސް މަސައްކަތް ކުރުމަށް ޓީމުގެ އެންމެހާ ކުޅުންތެރިންގެ ކިބައިން ވަނީ އެދިފަ އެވެ. އަދި ރާއްޖޭގައި ޕްރެކްޓިސް ކުރެވޭނޭ ފެސިލިޓީ ހުރިކަން ފާހަގަކޮށް ކޮންމެ ކުޅުންތެރިއަކު ވެސް މިފަހަރުގެ މުބާރާތައް އާހިތްވަރެއް ލުމަށް ވެސް ކޯޗް ކުރުއްޕާ އެދުނެވެ.

މިއަދު ފަރިތަކުރުންތައް ފެށުމުގެ ކުރިން ކްރިކެޓް ބޯޑުގެ ރައީސް އަހްމަދު ހަސަން ދީދީ ވަނީ ކުޅުންތެރިނާ ބައްދަލުކޮށް ހިތްވަރު ދެއްވާފައެވެ.

މިއަހަރުގެ ގައުމީޓީމްގެ ޓްރޭނިންގް ކިޓް ސްޕޮންސާ ކޮށްފައި ވަނީ މިލާކް ކްރިކެޓް އެކަޑަމީގެ ފަރާތުންނެވެ. މިކަން ފާހަގަކޮށް މިހަފްލާގައި މިލާން ކްރިކެޓް އެކަޑަމީއަށް ހަދާނީ ލިއުމެއްވެސް ކްރިކެޓް ބޯރޑުގެ ފަރާތުން ވަނީ ދީފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު