12 ގުޅަ ޕެނަޑޯލް ގަނެގެން 10،000 ރުފިޔާ ލިބިއްޖެ

ލައިފް ސަޕޯޓް ޕްރައިވެޓް ލިމިޓެޑުން އައިޖީއެމްއެޗްގައި ހިންގަމުން އަންނަ ފާމަސީއަކުން 12 ގުޅަ ޕެނެޑޯލް ގަނެގެން 10،000 ރުފިޔާ އިނާމު ދިވެއްސަކަށް ލިބިއްޖެ އެވެ.

މއ. ސިލްވާ ބީމް، ހަސީނާ ޔޫސުފް (ސައިކުރާ ހަސީނާ)،75، އަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ލިބިފައި ވަނީ އައިޖީއެމްއެގްގައި ހުންނަ ލައިފް ސަޕޯޓް ކުންފުންޏަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެކުންފުނިން މިދިޔަ މަހު ފެށިގެން އެ ފާމަސީގައި ކުރިއަށް ގެންދާ ލަކީޑްރޯއެއްގައި ބައިވެރިވެގެންނެވެ.

ހަސީނާ ޔޫސުފްގެ ފިރިހެން ދަރިފުޅު އަހުމަދު ނަސީމް މިއަދު "ސަން" އަށް ވިދާޅުވީ އޭނާ ފެނެޑޯލް ގަންނަން އެ ފާމަސީއަށް ދިޔައީ އޭނާގެ މަންމަ ބޮލުގައި ރިއްސާތީ ކަމަށެވެ.

ނަސީމް ފެނެޑޯލް ކާޑު ގަތުމަށް ހޭދަކޮށްފައި ވަނީ 6.72 ރުފިޔާ އެވެ. އަދި ބޭސް ގަތުމަށް ފަހު އެ ފާމަސީން އޭނާ އަށް ދިން ފައިސާގެ ރަޝީދު ކޮޅުގައި އޭނާގެ މަންމަގެ ނަމާއި އެޑްރެސް އަދި އޭނާގެ ފޯން ނަމްބަރު ޖަހާގައި ރަސީދުކޮޅު ގުރުނަގާ ފޮއްޓަށް ވައްޓާލީ އެ އިނާމު ލިބޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އޮވެގެން ކަމަށް ވެސް އޭނާ ބުންޏެވެ.

"މީގެ ކުރިން ވެސް އެފަދަ އެތައް ނަސީބުގެ ފުރުސަތުތައް ވަނީ ލިބިފައި. އެގޮތުން ވީޓީވީން ރޯދަ މަހު ހިންގި ސެލެބްރިޓީ ޝޯއެއްގައި ބައިވެރިވެގެން ސިންގަޕޫރު ދެކޮޅު ޓިކެޓް ވަނީ ލިބިފައި. ހޯމް ތިއޭޓާ ސިސްޓަމެއް ވެސް ދިޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެގެން ގުރުއަތުން ވަނީ ލިބިފައި. އަދި ޓީވީއެމްގެ ވަރަށް ގިނަ ޕްރޮގްރާމްތަކުގައި ބައިވެރިވެގެން ވެސް އެފަަދަ އެތައް ނަސީބެއް ވަނީ ލިބިފައި،" ސަން ޓީވީގެ ވެސް ނަސީބު ވެރިއެއްގެ ގޮތުގައި ތިން ފަހަރަކު ހޮވިފައިވާ ނަސީމު ބުންޏެވެ.

ލައިފް ސަޕޯޓް ފާމަސީގައި މިދިޔަ މަހުން ފެށިގެން ކުރިއަށްދާ މި ޕްރޮމޯޝަންގައި ކޮންމެ މަހެއްގެ 15 ގައި ނަސީބު ވެރިއަކު ހޮވުމަށް ވަނީ ނިންމައިފަ އެވެ. އަދި އެ ކުންުފުނިން ބުނީ އެ ކުންފުނިން އެ ލަކީ ޑްރޯ ހުއްޓާލަންދެން ކޮންމެ މަހަކު ވެސް ނަސީބު ވެރިޔަކު ހޮވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު