އެމްޕީއެލް އިން ކުޑަކުދިންގެ ހިޔާއަށް ބައެއް ތަކެތި ހަދިޔާކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުން އިސްނަގައިގެން އެ ކުންފުނީގެ މެނޭޖުމަންޓާ ގުޅިގެން ކުޑަކުދިންގެ ހިޔާއަށް ތަކެތި ހަދިޔާ ކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ މީޑިއާ އޮފިސަރު އަހްމަދު އާތިފް ވިދާޅުވީ، ކުޑަކުދިންގެ ހިޔާއަށް ތަކެތި ހަދިޔާ ކޮށްފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު ކަމަށާއި ތަކެތި ހަދިޔާ ކުރީ އެތަނުގައި އުޅޭ ކުދިންނަށް މިވަގުތަށް އެންމެ ބޭނުންވަނީ ކޮންއެއްޗެއްތޯ ބެލުމަށްފަހު ކަމަށެވެ. އެގޮތުން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ކޮމްޕިއުޓަރު ސިސްޓަމަކާއި ހެދުމާއި ފައިވާނުގެ އިތުރުން ރީތިވާ ސާމާނާއި ބުއިމަށް ބޭނުންކުރާ ތަކެތި ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެތަކެތި ކުޑަކުދީންގެ ހިޔާ އަށް ހަދިޔާ ކޮށްފައި ވަނީ އެމްޕީއެލްގެ މެނޭޖުމަންޓާއި މުވައްޒަފުންގެ އިތުރުން ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ، ކުޑަކުދިންގެ ހިޔާ އަށް އެހީތައް ދީފައި ވަނީ ލިލީއެންޓަޕްރައިޒް ޕްރައިވެޓް ލިމިޓެޑާއި ސިލްވާ ކޮންޕެނީގެ އިތުރުން ގްލޯބަލް ލިންކްސް ޕްރައިވެޓް ލިމިޓެޑުން ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު