މޯލްޑިވިއަން އަތުން ޑީއެސްސީ މޮޅުވެއްޖެ

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގެ ވިމެންސް ފުޓްސަލް ފިއެސްޓާގައި މޯލްޑިވިއަންގެ ޓީމާއި ބައްދަލުކުރި މެޗު ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އިން ކާމިޔާބުކޮށް ފިއެވެ.

މާފަންނު ސްޓޭޑިއަމްގައި ރޭ ކުޅެވުނު މި މެޗް ޑީއެސްސީ ކާމިޔާބުކޮށްފައިވަނީ 2-0 ލަނޑުންނެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ޑީއެސްސީގެ އައިމިނަތު އަޒީމާ އެވެ. މިމެޗުގައި ޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ޑީއެސްސީގެ ޓީމަށް ކާމިޔާބުކޮށްދިނީ އައިމިނަތު އަޒީމާއެވެ. އަދި ދެވަނަ ލަނޑު ކާމިޔާބުކޮށްދީ ފާތިމަތު އަފްޒާއެވެ.


އަންނަ މޭމަހުގެ ތިން ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މިމުބާރާތުގައި ޑީއެސްސީގެ ޓީމް ދެން ބައްދަލުކުރާނީ މިމުބާރާތުގެ ސެމީ ފައިނަލްގައި އޭޑީކޭ ޓީމާއެވެ. މިމެޗު އޮންނާނީ މިމަހު 26 ވަނަ ދުވަހުގެ ރޭ 21:00 ގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު