ވިޔަފާރިވެރިންގެ ޖަމިއްޔާއިން ސީއެސްއާރް ތައާރަފްކޮށްފި

އިޖްތިމާއީ ގޮތުން ތަފާތު އެހީތައް ވުމުގެ ގޮތުން ވިޔަފާރިވެރިންގެ ޖަމިއްޔާއިން ސީއެސްއާރު ހިދުމަތް ތައާރަފް ކޮށްފިއެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނާއިބް ރައީސް އިސްމާއިލް އާސިފު މިއަދު "ސަން"އަށް ވިދާޅުވީ، މިދިޔަ ހޯމަ ދުވަހު އެ ޖަމިއްޔާގެ ފަރާތުން ސީއެސްއާރް ހިދުމަތް ތައާރަފްކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ޖަމިއްޔާގެ އިޖްތިމާއީ ޒިންމާގެ ދަށުން ކ. ގުރައިދޫގައި ހުންނަ "ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ތަފާތު ސާމާނުތަކެއް" ހަދިޔާ ކޮށްދީފައި ވާކަމަށް އާސިފް ވިދާޅުވިއެވެ.

"ސީއެސްއާރްގެ ދަށުން ތަފާތު ފަރާތްތަކަށް އަޅުގަނޑުމެންގެ ޖަމިއްޔާގެ އެހީތައް ލިބިގެންދާނެ" އާސިފް ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ، ސީއެސްއާރްގެ ދަށުން ސްކޫލްތަކުގެ ލެބޯޓްރީތައް ގާއިމް ކުރުން ފަދަ އެހީތައް ކުރިއަށް އޮތްތަނުގައި އެ ޖަމިއްޔާއިން ވެދޭނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު