ސާފުކުރުމަށް ބޭނުންކުރާ އޮސްޓްރޭލިޔާގެ ބްރޭންޑެއް ރާއްޖެއަށް ތައާރަފްކޮށްފި

"ޗެލެންޖް ކެމިކަލްސް އޮސްޓްރޭލިޔާ" ކުންފުނީގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

ސާފުކުރުމުގައި ބޭނުންކުރާ ކެމިކަލްސްގެ މި ބްރޭންޑް ރާއްޖެއަށް ތައާރަފްކުރީ މިއަދު ޓްރޭޑާސް ހޮޓެލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ މެނޭޖިންގް ޑައިރެކްޓަރު މިސްޓާ މާޓިން ކަޓަލިނީ އެވެ. ރާއްޖޭގައި ޗެލެންޖް ކެމިކަލްސްގެ ޕްރޮޑަކްޓްތައް ރާއްޖެއަށް އެތެރެކޮށް ޑިސްޓްރިބިއުޓް ކުރަނީ ހޯޔާ މޯލްޑިވްސް އެވެ.

ތިރީސް އަހަރުގެ ތަޖުރިބާހުރި ޗެލެންޖް ކެމިކަލްސް އޮސްޓްރޭލިއާ އަކީ އެންމެ ފަހުގެ ވަސީލަތްތައް ބޭނުންކޮށްގެން ސާފުކުރުމަށް ބޭނުންކުރާ ވަސީލަތްތައް އުފައްދާ ކުންފުންޏެެކެވެ.
ސާފުކުރުމަށް ބޭނުންކުރާ އޮސްޓްރޭލިޔާގެ ބުރޭންޑެއް ރާއްޖެ ތައާރަފް ކުރުން: އެ ޕްރޮޑަކްޓްތަކަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭނެ ޕްރޮޑަކްޓްތަކަކަށް "ޗެލެންޖް ކެމިކަލްސް އޮސްޓްރޭލިޔާ" ކުންފުނިން ބުނޭ-- ސަން ފޮޓޯ: ފަޔާޒު މޫސާ

"މި ޕްރޮކްޑަކްޓްތަކަކީ ފެންވަރު ރަނގަޅު، ކަސްޓަމަރުންނަށް ފަސޭހައިން ބޭނުންކޮށްލެވޭނެ ޕްރޮޑަކްޓްތަކަކަށް ވާނެ. އަހަރެމެންނަކީ 30 އަހަރުގެ ތަޖުރިބާ ހޯދާފައިވާ ފަރާތެއް. މިހާރު ބޭނުންކުރާ ކެމިކަލް ޕްރޮޑަކްޓްތަކަށް ވުރެ، މި ޕްރޮޑަކްޓްތަކަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭނެ ޕްރޮޑަކްޓްތަކަކަށް ވާނެ. ރާއްޖޭގައި ޓެކްނިކަލް ސަޕޯޓާއި ޑިސްޓްރިބިއުޝަންގެ ކަންތައް ކުރިއަށް ގެންދަނީ ހޯޔާ މޯލްޑިވްސްއާ ގުޅިގެން،" ކަޓިލިނީ ބުންޏެވެ.
ސާފުކުރުމަށް ބޭނުންކުރާ އޮސްޓްރޭލިޔާގެ ބުރޭންޑެއް ރާއްޖެ ތައާރަފް ކުރުން: އެ ޕްރޮޑަކްޓްތަކަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭނެ ޕްރޮޑަކްޓްތަކަކަށް "ޗެލެންޖް ކެމިކަލްސް އޮސްޓްރޭލިޔާ" ކުންފުނިން ބުނޭ-- ސަން ފޮޓޯ: ފަޔާޒު މޫސާ

ކުރީގެ ބާސްކެޓް ކުޅުންތެރިޔާ އަދި މިހާރުގެ ޒުވާން ވިޔަފާރިވެރިޔާ ބުނީ، ރާއްޖޭގެ ރިސޯޓްތަކަށް އަމާޒުކޮށްގެން ތައާރަފްކުރި މިޕްރޮޑަކްޓަކީ ތަފާތު އަދި މާކެޓަށް ބަދަލުތަކެއް ގެންނާނެ ޕްރޮޑަކްޓެއް ކަމަށެވެ.

"އަހަރެމެންގެ ތަޖުރިބާގެ ބޮޑުބައެއް ހޭދަކުރީ ހޮޓެލްތަކާއި ރިސޯޓްތަކަށް މި ޕްރޮޑަޓްތައް ތައާރަފްކޮށް، ސަޕްލައިކުރަން. އަހަރެމެންގެ މި ޕްރޮޑަކްޓުން ސާފުކުރުމަށް ފަސޭހަކަމާއި ފުރިހަމަކަން ގެނުވައިދޭނެ. މި ޕްރޮޑަކްޓަކީ ޓެކްނޮލިޖީގެ ގޮތުން ވަރަށް ފުރިހަމަ ޕްރޮޑަކްޓަކަށް ވޭނެ،" މާޓިން ބުންޏެވެ.

އޭނާ ބުނީ، މި ޕްރޮޑަކްޓުން ސާފުކުރުމަށް ދިމާވާ ހުރިހާ މައްސަލަތަކަށް ހައްލެއް ހޯދައިދޭނެ ކަމަށާއި، މި ޕްރޮޑަކްޓްތައް ބޭނުންކުރާ ފަރާތްތަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެއްޖެނަމަ، އެކަން ހައްލުކުރުމަށް ދަތިތަކަކާއި ކުރިމަތިލާން ނުޖެހޭނެ ކަމަށެވެ.
ސާފުކުރުމަށް ބޭނުންކުރާ އޮސްޓްރޭލިޔާގެ ބުރޭންޑެއް ރާއްޖެ ތައާރަފް ކުރުން: އެ ޕްރޮޑަކްޓްތަކަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭނެ ޕްރޮޑަކްޓްތަކަކަށް "ޗެލެންޖް ކެމިކަލްސް އޮސްޓްރޭލިޔާ" ކުންފުނިން ބުނޭ-- ސަން ފޮޓޯ: ފަޔާޒު މޫސާ


"މިއީ ސާފުކުރުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދޭނެ ވަރަށް ފުރިހަމަ ޕްރޮޑަކްޓެއް. އަހަރެމެންގެ ޓެކްނިކަލް ސަޕޯޓް ވަރަށް ފުރިހަމަ އަށް ލިބޭނެ. މި ޕްރޮޑަކްޓްތަކުގެ ޓެކްނީޝަނުންނަކީ ވަރަށް ފެންވަރު ރަނގަޅު، ޓްރެއިން ކުރެވިފައިވާ ޓެކްނީޝަނުތަކެއް. އަދި މިއީ ތިމާވެއްޓާއި ރައްޓެހި ޕްރޮޑަކްޓްތަކެއް ކަމުގެ ޔަގީންކަން އަރުވަން،" މާޓިން ބުންޏެވެ.

މި ޕްރޮޑްކްޓްތައް ބަލައިގަންނަވާ ފަރާތްތަކަށް ޕްރޮޑަކްޓްތައް ބޭނުންކުރުމަށް ބޭނުންވާ ޑިސްޕެންސާ ފަދަ ތަކެތި ހިލޭ އިންޓޯޅްކޮށްދީ މަރާމާތު ކޮށްދިނުމުގެ އިތުރުން ރިސޯޓްތަކުގެ މުވައްޒަފުންނަށް ޕްރޮޑަކްޓާއި ބެހޭ ހާއްސަ ޓްރެއިނިންގެއް ދިނުމަށް ހަމަޖެހިފައިވާ ކަމުގައި ޗެލެންޖް ކެމިކަލްސްއިން މައުލޫމާތު ދެއެވެ.

އޮސްޓްރޭލިއާގެ ކުންފުންޏެއް ކަމަށްވާ ޗެލެންޖް މޯލްޑިވްސްގެ ފަހުގެ ވަސީލަތްތައް ބޭނުންކޮށްގެން ސާފުކުރަން ބޭނުންކުރާ ކެމިކަލްސްތަކުގެ ތެރޭގައި ލޯންޑްރީ، ބަދިގެ، ހައުސް ކީޕިންގް، މެރިން، ހޭންޑް އެންޑް ބޮޑީ، ޕޫލް، ތަޅުންގަނޑު އަދި ކާޕެޓް ސާފުކުރުމަށް ބޭނުންކުރާ ކެމިކަލްތައް ހިމެނެ އެވެ.

މިއަދު މެންދުރު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ޗެލެންޖް މޯލްޑިވްސްގެ ވަސީލަތްތައް ބޭނުންކުރާނެ ގޮތްތައް ކިޔައިދީ، އޮޅުންފިލުވައިދީފައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު