ސާބާ ޗެމްޕިއަންޝިޕް:
ފުރަތަމަ މެޗުން ރާއްޖެ މޮޅުވެ، ދެ ވަނަ މެޗުން ބަލިވެއްޖެ

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިއަށްދާ ދެކުނު އޭޝިއާގެ ފުރަތަމަ ތުރީއޮންތުރީ "ސާބާ ޗެމްޕިއަންޝިޕް"ގައި ރާއްޖެ މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބޫޓާން އަތުން މޮޅުވެ، ދެ ވަނަ މެޗުގައި ނޭޕާލް އަތުން ރާއްޖެ މިއަދު ބަލިވެއްޖެ އެވެ.

ރާއްޖެ ގަޑިން މިއަދު ހަވީރު 4:30 ގައި ކުޅުނު ފުރަތަމަ މެޗުގައި ރާއްޖެ ބޫޓާން އަތުން މޮޅުވީ 14 ޕޮއިންޓު 12 ޕޮއިންޓުންނެވެ. ދެ ވަނަ މެޗުގައި ރާއްޖެ ގަޑިން 5:30 ގައި ނެޕާލާ ދެކޮޅަށް ކުޅެ ރާއްޖެ ބަލިވީ 18 ޕޮއިންޓު 11 ޕޮއިންޓުންނެވެ.

މުބާރާތުގައި ރާއްޖެ މާދަމާ ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ. އަދި ރާއްޖެ ކުޅޭ އެންމެ ފަހު މެޗުގައި މާދަމާ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.

ރާއްޖެއާއެކު ޖުމްލަ ފަސް ގައުމު ވާދަކުރާ މުބާރާތުގެ ކުޅުން ކުރިއަށްދާނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށެވެ.

މުބާރާތުގައި ވާދަކުރާ ރާއްޖެ ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ހަރިކޭންގެ އަހުމަދު އަދުހަމް އާއި ރެޑްލައިން ކުލަބްގެ އަހުމަދު މުސްތަފާ އާއި ހަރިކޭންގެ އަހުމަދު އިފްޝާހް އަދި ދިވެހި ސިފައިންގެ ކުލަބުގެ ހައިޝަމް ދާއޫދެވެ.

ޓީމުގެ ކޯޗަކީ ދިވެހި ސިފައިންގެ ކުލަބުގެ މުހައްމަދު ވަހީދެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު