ޖަޕާނުގެ އެމްޕަރާ އަކިހީޓޯއާ ރައީސްއާ ބައްދަލުކުރައްވައިފި

ޖަޕާނުގެ އެމްޕަރާ އަކިހީޓޯއާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިއަދު ބައްދަލު ކުރައްވައިފި އެވެ. އެމްޕަރާގެ ރަސްމީ ގެކޮޅުގައި އޮތް އެ ބައްދަލުކުރެއްވުމުގައި ދިވެހި ރާއްޖެއާއި ޖަޕާނާ ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އުފެދިފައިވާ ގާތް ރަހުމަތްތެރި ގުޅުމާ ބެހޭ ގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޖަޕާނަކީ ރާއްޖެ އަށް ވަރަށް ގިނަ އެހީތައް ވެދޭ ގައުމެއްކަމަށް ވިދާޅުވެ، ޖަޕާނުން ރާއްޖެއާ ދޭތެރޭ ބަހައްޓާ ގާތްކަމަށް ޓަކައި އެމްޕަރާ އަކިހީޓޯ އަށާއި ޖަޕާން ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު