ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯ، ހެޑް އޮފީސް ފަޅާޅައި ވައްްކަންކޮށްފި އެވެ.
އެސްޓީއޯގެ އެމްޑީ އާދަމް އާޒިމް މިއަދު ސަން އަށް ވިދާޅުވީ ރޭގެ ވަގުތެއްގައި އެ އޮފީހުގެ ސެކިއުރިޓީ އަށް ވަޅިން ބިރުދައްކައި ބަޔަކު ވައްކަން ކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
"އެމީހުންނަށް މެއިން ތިޖޫރިއާ ހިސާބަކަށް ނުދެވޭ، ހިޔެއް ނުވޭ ފައިސާ ވަަގަށް ގެންގޮސްފައިވާނެހެނެއް، ސަބަބަކީ އަޅުގަނޑުމެން ކޮންމެ ދުވަހަކު އެ ދުވަހެއްގެ ފައިސާ ޖަމާކުރަން،" އާޒިމް ވިދާޅުވި އެވެ.
ނަމަވެސް އޭނާ ވިދާޅުވީ ޕެޓީ ކޭޝްގެ ގޮތުގައި ކޮންމެ ވެސް ވަރަކަށް ފައިސާ ހުރެދާނެ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެސްޓީއޯ ހެޑް އޮފީހުގައި ބަހައްޓާފައި ހުރި ތިޖޫރިއެއް ފަޅާލަން މަސައްކަތްކޮށްފައިވާ މައްސަލައެއް ބަލަމުންދާ ކަމަށެވެ.
ވަގަށް ގެންދިޔައީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ނޭނގެ އެވެ.
"އެތަނަށް ވަދެފައިވަނީ އެތަނަށް ގެއްލުމެއް ދީގެން ކަމެއް އަދި އެނފައެއް ނެތް،" ފުލުހުން ބުންޏެވެ.
އެކަމާ ގުޅިގެން އަދި މިހާތަނަށް ބަޔަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.