ޔޫތު ޗެމްޕިއަންޝިޕް މިއަހަރު ގެ ސްޕޮންސާ އަކަށް އެލްމޮބައިލްސް

ޔޫތު ޗެމްޕިއަންޝިޕް 2014 ގެ ސްޕޮންސާޝިޕް އެގްރީމެންޓްގައި އެފްއޭއެމް އާއި އެލްމޮބައިލްސް މިއަދު ސޮއިކޮއްފިއެވެ.

އެ ދެފަރާތުން އެގްރީމެންޓްގައި ސޮއިކުރައްވާފައިވަނީ މިއަދު މެންދުރު އެފްއޭއެމް ގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެހަފްލާގައި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެފްއޭއެމްގެ ނައިބުރައީސް އަބްދުލް މުހްސިން ހަމީދު އެވެ. އަދި އެލްމޮބައިލްސް ގެ ފަރާތުން ސޮއިކުރެއްވީ އެލްމޮބައިލްސް ގެ ޑިރެކްޓަރު އެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން ޑައިރެކްޓަރު އޮފް ނެޝަނަލް ޓީމްސް އަލީ ސުޒޭން ވިދާޅުވީ ޔޫތު ޗެމްޕިއަންޝިޕް މުބާރާތަކީ މިހާތަނަށް އެފްއޭއެމް އިން ބޭއްވުނު އެންމެ ކާމިޔާބު އެއް މުބާރާތް ކަމަށެވެ.

އޭނާ ވިދާޅުވީ މިއަހަރުވެސް ބޭއްވޭ މުބާރާތަކީ ރާއްޖޭގެ ފުޓްބޯޅައަށް އިތުރު ކުރިއެރުން ތަކެއް ލިބިގެން ދާނެ މުބާރާތެއް ކަމަށް އުންމީދު ކުރައްވާކަމަށާއި އެކަން ހާސިލް ކުރެވޭނީ މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމް ތަކެއްގެވެސް އެއްބާރުލުން ލިބިގެން ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު