މަޖިލީހުގެ ރައީސާ ވެރިކަން ހަވާލުކުރަން ފާސްކުރި ނިންމުން ބާތިލު ކުރަން ހުށަހަޅައިފި

އިންތިޚާބު ކުރަން ޖެހޭ ތާރީޚަށް ރައީސުލްޖުމްހޫރީއްޔާގެ މަގާމަށް ބޭފުޅަކު އިންތިޚާބު ނުކުރެވިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ވެރިކަން ހަވާލުކުރުމަށް މަޖިލީހުން ފާސްކުރި ކުރުން ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި ވަނީ ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) އެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވައްޑޭ ވިދާޅުވީ ނޮވެމްބަރު 11 ވަނަ ދުވަހާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އިންތިޚާބު ނުކުރެވިއްޖެ ނަމަ މަޖިލީހުގެ ރައީސާ ވެރިކަން ހަވާލުކުރުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ ގާނޫނު އަސާސީގެ ނަސްއުތަކާއި އަދި ސުޕްރީމް ކޯޓުގެ ނިންމުންތަކާ ޚިލާފަށް ކަމަށެވެ. އެހެންކަމުން އެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް ވައްޑޭ ވަނީ ސުޕްރީމް ކޯޓުގައި އެދިފަ އެވެ.

http://www.sun.mv/uploads/l_35133415.jpg

ވައްޑޭ ވިދާޅުވީ ނޮވެމްބަރު 11 ވަނަ ދުވަހާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އިންތިޚާބު ނުކުރެވިއްޖެ ނަމަ މަޖިލީހުގެ ރައީސާ ވެރިކަން ހަވާލުކުރުމަށް މަޖިލީހުން ފާސްކުރީ ކޮންނަމެއް ކިޔާ ކޯއްޗެއް ކަމެއް ވެސް އެނގެން ނެތް ކަމަށެވެ.

އެގޮތަށް މަޖިލީހުން ފާސްކޮށްފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު ބޭއްވި ޖަލްސާ އަށް ހާޒިރުވެތިއްބެވި މެމްބަރުންގެ ތެރެއިން 39 މެމްބަރުން ވޯޓު ދެއްވައިގެނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު