އިލެކްޝަންސް ސިފަކުރެވެނީ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރު މީހުން ވައްދަންއުޅޭ ބައެއްގެ ގޮތުގައި: ޖޭޕީ

ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުމީހުން ވެރިވެގަތުމަށް ބޭނުންވާ ބަޔަކު އެބަތިބި ކަމަށައި އިލެކްޝަންސް ކޮމިޝަން ސިފަކުރެވެނީ އެކަމަށް ވާގިވެރިވާ ބައެއްގެ ގޮތުގައި ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާން އިބްރާހީމް ޚަލީލް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މަސައްކަތް ކުރާ ބައެއް ބޭފުޅުން ބޭރުގެ ފަރާތްތައް ރާއްޖެއަށް އަތް ގަދަ ކުރުމަށް ގޮވާލާ ގޮވުންތަކަށް އިލެކްޝަންސް ކޮމިޝަނުން ވާގިވެރިވާ ކަން ފާހަނގަ ކުރެވޭ ކަމަށެވެ.

"މި ގައުމަށް އެހެން ބަޔަކު އަންނަން ގޮވާލާ ބަޔަކު އެބައުޅޭ. ރާއްޖެ އަށް ބޭރުބަޔަކު އަތްގަދަ ކުރުމަށް ގޮވާލާ ބަޔަކު އެބައުޅޭ.އެ މަގަށް މި ގައުމު ގެންދަން ވާގިވެރިވާ ތަނެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އިލެކްޝަންސް ކޮމިޝަން ފާހަފަ ކުރެވޭ،" ޚަލީލް ވިދާޅުވި އެވެ.

ނޫސްވެރީންނާ ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އިލްހާމް އަހްމަދު ވިދާޅުވީ ރީ- ރަޖިސްޓްރޭޝަނާއި ގުޅޭ ގޮތުން އެ ޕާޓީގެ ވަރަށް ބޮޑެތި ކަންބޮޑުވުން ތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ރީ- ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ގިނަ މީހުންގެ ފޯމް އަދި ވެސް ޕްރޮސެސް ވެފައި ނުވާކަން އިލްހާމް ފާހަގަ ކުރެއްވި އެވެ.

ރީ- ރަޖިސްޓްރޭޝަނަށް ޝަކުވާ ހެށަހެޅުމަށް ދީފައިވާ ވަގުތަކީ ވެސް ވަރަށް ކުޑަ ވަގުތެއް ކަމަށް އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓްގައި މައްސަލައެއް އުޅޭތޯ ބަލައި ޗެކް ކުރުމަށް 48 ގަޑިއުރު ބޭނުންވާ ކަމަށެވެ. އަދި ލިސްޓުގައި މައްސަލަތަކެއް އުޅޭނަމަ އޭގައި ސޮއިކުރުމަށް އެޕާޓީއަށް ދަތިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު