ނަޝީދު އިންޑިއަން ހައިކޮމިޝަނަރާ ބައްދަލު ކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މާރިޔާ އަހްމަދު އަހްމަދު ދީދީ އާއި އެމްޑީޕީ ސަރުކާރުގައި ރައީސުލްޖުމްހޫރިއްުޔާގެ ސްޕެޝަލް އެންވޯއީގެ މަގާމުގައި ހުންނެވި އިބްރާހިމް ހުސެއިން ޒަކީއާ އެކު ނަޝީދު އިންޑިއަން ހައިކޮމިޝަނަށް ވަޑައިގެންނެވީ މިއަދު މެންދުރުކުރީގަ އެވެ.

ނަމަވެސް ބައްދަލުކުރެއްވާ ބެހޭ ގޮތުން ދެކެވުނު ވާހަކަ އޮޅުން ފިލުވުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާޙީމް ވެސް ވަނީ މިދިޔަ ހޮނިހިރު ދުވަހު އިންޑިއާގެ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭއާ ބައްދަލުކުރައްވާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު