އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ރާއްޖޭގެ އެތުލީޓުން މިއަދު ދުވާނެ

އިންޑޮނޭޝިއާގެ ޕަލަންބަންގްގައި މިހާރު ކުރިޔަށްދާ ތިން ވަނަ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ރާއްޖޭގެ އެތުލީޓުން މިއަދު ވާދަކުރާނެ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފި އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ، ރާއްޖޭ ގަޑިން މިއަދު ހަވީރު 5:10 ގައި ފަށާ 800 މީޓަރު ދުވުމުގެ ތިން ހީޓްގެ ތެރެއިން ރާއްޖޭގެ އެތުލީޓުން ވާދަކުރާނީ ދެ ވަނަ ހީޓާއި ތިން ވަނަ ހީޓްގަ އެވެ.

މުބާރާތުގައި 800 މީޓރު ދުވުމުގެ ދެ ވަނަ ހީޓްގައި ވާދަކުރާނީ ޝިފާޒް މުހައްމަދު އެވެ. އަދި ތިން ވަނަ ހީޓްގައި ވާދަކުރާނީ އަހުމަދު ހަސަން އެވެ.

މުބާރާތުގެ 800 މީޓަރު ދުވުމުގައި ދެ އެތުލީޓުންގެ ޕާފޮމަންސަށް ބަލާއިރު ޝިފާޒް ވަނީ މިއަހަރު 800މީޓަރު އެންމެ ބާރަށް ދުވެފައިވަނީ ޖުލައި މަހު އިންޑިއާގެ ޕޫނާގައި ބޭއްވުނު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގަ އެވެ. އަދި ޝިފާޒް ދުވެފައި ވަނީ 2 މިނިޓް 2.91ސިކުންތުންނެވެ. ހަސްން މި އަހަރު 800 މީޓަރު އެންމެ ބާރަށް ދުވެފައި ވަނީ މިމަހު 16 ވަނަ ދުވަހު ކޮލަމްބޯގައި ބޭއްވުނު ލަންކާ ނެޝަނަލް ޗެމްޕިއަންޝިޕްގަ އެވެ. އެމުބާރާތުގައި ހަސަން ދުވެފައި ވަނީ 2މިނިޓް 01.01ސިކުންތުންނެވެ.

މި އަހަރުގެ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ރާއްޖެ އިން ބައިވެރި ވެފައި ވަނީ ތިން ކުޅިވަރަކުން ފަސް އެތުލީޓެކެވެ.

މުބާރާތުގައި ރާއްޖެއިން ބައިވެރިވެފައިވާ ކުޅިވަރު ތަކަކީ ސްވިމިން އާއި ބެޑްމިންޓަން އަދި އެތުލެޓިކްސް އެވެ.

މުބާރާތުގައި ވާދަކުރުމަށް އިންޑޮނީޝިއާ އަށް ފުރި ފަސް އެތުލީޓުންނާ އެކު ދެ އޮފިސަލުން ވެސް ވަނީ ގޮސްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު