ފީއެސްޖީގެ ކޮންޓްރެކްޓް އިބްރަހިމޮވިޗް އާކޮށްފި

ފްރާންސްގެ ޕެރިސް ސެއިންޓް ޖެމެއިން (ޕީއެސްޖީ)އަށް ކުޅެމުން އަންނަ ސްވިޑަން ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް އެޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފި އެވެ.

އިބްރަހިމޮވިޗް ފީއެސްޖީއާކު ހަދާފައިވާ ކޮންޓްރެކްޓް އާކުރީ އިތުރު އެއް ހައަރު ދުވަހުގެ މުއްދަތަށެވެ.

އޭސީ މިލާނުން ޕީއެސްޖީއަށް ބަދަލުވެފައިވާ އިބްރަހިމޮވިޗް، ޕީއެސްޖީއާކު ކުރިން ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2015 ވަނަ އަހަރުގަ އެވެ. އެހެން ނަމަވެސް އިބްރަހިމޮވިޗް މަޑުކުރަން ނިންމުމުން 2016 ވަނަ އަހަރާ ހަމައަށް ޕީއެސްޖީގައި ދެން ހުންނާނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޕީއެސްޖީއާއި އެކު އިބްރަހިމޮވިޗް ހަދާފައިވާ އެގްރިމެންޓުގެ ދަށުން އޭނާއަށް އަހަރަކު 14 މިލިޔަން ޕައުންޑް ލިބެއެވެ.

އުމުރުން 31 އަހަރުގެ އިބްރަހިމޮވިޗް ބުނީ، ޕީއެސްޖީއާކު ހަދާފައިވާ ކޮންޓްރެކްޓް އާކުރަން ނިންމީ ފުޓްބޯޅައިގެ ކެރިއަރުގައި ދެން އޭނާ ކުލޭނެ އެންމެ ބޮޑު ކަލަބަކީ ޕީއެސްޖީ ކަމަށް ނިންމާފައި ވުމުން ކަމަށެވެ. އަދި މިހާރުވެސް ކުލަބުގެ މެނޭޖްމަންޓުން ދެމުންއަންނަ އެއްބާރުލުމާއި އެހީތެރިކަމަކީ ހިތް ހަމަޖެހޭ ވަރުގެ އެއްބާރުލުމަކަށް ވާތީވެ ކަމަށް ވެސް އިބްރަހިމޮވިޗް ބުންޏެވެ.

އިބްރަހިމޮވިޗް ވަނީ މިދިޔަ ސީޒަންގެ ފްރާންސް ލީގުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ވެސް ހޯދައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު