އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ށ. ފޭދޫން މީހަކު ހައްޔަރުކޮށްފި

ށ. ފޭދޫގައި ކުޑަ ފިރިހެންކުއްޖަކާ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އެ ރަށު އިންޖީނުގޭގެ ޑިއުޓީ އޮފިސަރު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އިއްޔެ ފޭދޫން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފޭދޫ ކައުންސިލުން ބުނީ އެ ރަށު އިންޖީނުގޭގައި މަސައްކަތް ކުރާ މީހަކު ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވީ މިދިޔަ އާދިއްތަ ދުވަހު ކަމަށާއި އަދި އެކަން ފުލުހުންނަށް ރިޕޯޓު ކުރީ އިއްޔެ ކަމަށެވެ.

ކައުންސިލުން ބުނީ ޑިއުޓީ އޮފިސަރު އެކަން ކޮށްފައި ވަނީ އޭނާގެ އޮފް ޑިއުޓީގައި ކަމަށެވެ.

ފުލުހުންވަނީ އެ މައްސަލައާ ގުޅިގެން އެމީހާ ހައްޔަރުކުރުމަށް ފަހު އެ އަތޮޅު ފުނަދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު