ޕާކިސްތާނަށް އައި ބާރުގަދަ ބިންހެލުމުގައި 200 މީހުން މަރުވެއްޖެ

އިސްލާމް އާބާދު (ސެޕްޓެމްބަރ 25): ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ބަލޫޗިސްތާން ސަރަހައްދަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި 200 މީހުން މަރުވެއްޖެ އެވެ.

ޕާކިސްތާން ސަރުކާރު ބުނާގޮތުން ރެކްޓަރ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި މިބިންހެލުމުގައި އެތައް ޢިމާރާތްތަކަކާއި ގެތަކެއް ބިމާހަމަވެ އިތުރު ޢިމާރާތްތަކެއްގައި ރެނދުލާފައިވާކަމުގަ އެވެ. އަދި އެތައް ސަތޭކަ ބަޔަކަށް އެކިވަރުގެ އަނިޔާތައް ވެސް ލިބިފައިވާ ކަމަށާ ބިންހެލުމުގެ ސަބަބުން ޙާލުގައިޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ކަންތައް ސިފައިންގެ ބެލުމުގެ ދަށުން ކުރިޔަށްދާކަމަށް ޑިޒާސްޓަރ މެނޭޖްމެންޓާ ބެހޭ ޕާކިސްތާނުގެ އިދާރާއިން ބުނެ އެވެ.

އެމެރިކާގެ ޖިޔޮލޮޖިކަލް ސާވޭ މަރުކަޒު ބުނާގޮތުން ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ބަލޫޗިސްތާނަށް އައި ބިންހެލުމުގެ މަރުކަޒު ހުރީ ބަލޫޗިސްތާނުގެ އިރުއިތުރުން 66 ކިލޯމީޓަރު ދުރުގައިވާ ހިސާބެއްގައި 20 ކިލޯމީޓަރު އަޑީގަ އެވެ. މިބިންހެލުމުގެ އަސަރު ކަރާޗީ އަށާއި އިންޑިޔާގެ ވެރިރަށް ނިއުދިއްލީ އާއި ދުބާއި އަށާއި އީރާނުގެ ބައެއް ސަރަހައްދުތަކަށް ވެސް ކޮށްފައިވާ ކަމަށް ޚަބަރު ލިބެ އެވެ. މިދިޔަ އެޕްރީލް މަހު ވެސް ބަލޫޗިސްތާން ސަރަހައްދަށް 7.8ގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވެ އެވެ. އެބިންހެލުމުގައި 35 މީހަކު މަރުވެފައިވާއިރު އޭގެ މަރުކަޒު ހުރިކަމަށް ވަނީ އީރާނާއި ޕާކިސްތާނުގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ އީރާނުގެ ރަށްފުށުގެ ހިސާބެއްގަ އެވެ. (ރޮއިޓާސް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު