އާހާބަރުގައި ހުރި ފިހާރައެއްގެ ޓިނު ކަފައިގެން ވައްކަން ކޮށްފި

މާލޭ ދެކުނު ބަނދަރު "އާހާބަރު"ގައި ހުރި ފިހާރައެއްގެ ފުރާޅުގެ ޓިނުތައް ކަފާލައިގެން އެފިހާރައިން ވައްކަންކޮށްފި އެވެ.

ސޭލްސް ޒޯން ނަމަކަށް ކިޔާ އެފިހާރައިގެ ވެރިޔާ އާދަމް ޝަރީފު ބުނީ އޭނާގެ ފިހާރައިން ގިނަ އަދަދެއްގެ މުދަލާއި ފައިސާ ވަގަށް ގެންގޮސްފައިވާ ކަމަށެވެ.

"ޓިނުތައް ކަފާލައިގެން ވަދެފައި ހުރީ. ގެންގޮސްފައި ވަނީ ފައިސާ އާއި ސިނގިރޭޓާއި ރެޑްބުލް. އަދި އެހެން ބައެއް ތަކެތިވެސް ގެންގޮސްފައި ވަނީ،" އޭނާ ބުންޏެވެ.

ރޭ ހިނގާފައިވާ އެ ހާދިސާ ތަހުގީގު ކުރުމަށް މިހާރު ފުލުހުން އައިސް ތިބި ކަމަށް ވެސް އޭނާ ބުންޏެވެ.

ފުލުހުން ބުނީ އާ ހާބަރުގައި ހުރި ފިހާރައަކުން ވައްކަން ކުރި ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަ މަށެވެ. އަދި ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ވައްކަން ކުރުމާއި މުދަލަށް ގެއްލުން ދިނުމުގެ ހާދިސާތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެގޮތުން އެލް މޯބައިލްގެ ދެ ފިހާރައެއްގެ ބިއްލޫރި ގަނޑު އިއްޔެރޭ ތަޅާލާފައިވެ އެވެ. އޭގެ އިތުރުން މިދިޔަ ހޯމަ ވިލޭރޭ ކާރެއްގައި ރޯކޮށްލާފައިވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދުގެ ގެކޮޅުގެ ގަރާޖުގައި އޮތް ކާރެއްގައި ހޮނިހިރު ދުވަހުގެ ރޭ ހުޅުޖަހާފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު