ގާނޫނުގެ ވެރިކަމަށް އިހްތިރާމް ކުރުމަށް އެމެރިކާ އިން ގޮވާލައިފި

ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ރާއްޖޭގެ ސުޕްރީމްކޯޓަށް ހުށައަޅައިގެން އުޅޭ މައްސަލައިގެ ޝަރީއަތް ހިނގަމުން ދާއިރު ގާނޫނުގެ ވެރިކަމަށް އިހުތިރާމް ކުރުމަށް އެމެރިކާއިން ގޮވާލައިފި އެވެ.

ރާއްޖެ އަށާއި ސްރީލަންކާ އަށް އެކްރެޑިޓްކޮށް، ސްރީލަންކާގައި ގާއިމްކޮށްފައިވާ އެމެރިކާގެ އެމްބަސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިމިކްރާތީ އިޖްރާޢަތު ކުރިއަށް ގެންދިއުން ކަށަވަރުކުރުމަށް ޓަކައި ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުގައި އަމާންކަމާ އެކު މަސައްކަތްކުރުމަށް ހިތްވަރުދޭ ކަމަށެވެ.

"ފަނޑިޔާރުން މައްސަލަ އަޑުއައްސަވަމުން ގެންދަވާ އިރު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ފަސްކުރުމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވި އަމުރު ފާހަގަކުރަމެވެ. އަދި މި ޝަރުޢީ މަރުޙަލާ ކުރިއަށް ދާއިރު، ޤާނޫނުގެ ވެރިކަމަށް އިޙްތިރާމްކޮށް، ދިވެހި ރައްޔިތުންގެ އެދުމާ އެއްގޮތްވާ ގޮތުގެ މަތިން ޑިމޮކްރެޓިކް އިޖްރާޢަތު ކުރިއަށް ގެންދިއުން ކަށަވަރުކުރުމަށް ޓަކައި ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުގައި އަމާންކަމާ އެކު މަސައްކަތްކުރުމަށް ހިތްވަރުދެމެވެ،" އެމެރިކާގެ ބަޔާނުގައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު