އެމްޕީއެލްގެ ސީއީއޯ މަހުދީ މަގާމުންވަކިކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ޗީފް އެގްޒެކެޓިވް އޮފީސަރު(ސީއީއޯ)ގެ މަގާމުން މަހުދީ އިމާދު ވަކިކުރައްވައިފި އެވެ.

މަހުދީ މިއަދު ސަން އަށް ވިދާޅުވީ އޭނާ މަގާމުން ވަކިކުރެއްވިކަން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިޓީއަކުން އަންގަވާފައިވާ ކަމަށެވެ. ނަމަވެސް މަގާމުން ވަކިކުރެއްވީ ކީއްވެގެން ކަން އަންގަވާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހުދީ މަގާމުން ވަކިކުރެއްވި އިރު އޭނާއާ އެކު އެމްޕީއެލް ބޯޑުގައި ތިއްބާވާ އަށް މެންބަރުންގެ ބޯޑު ވެސް ރައީސް ވަނީ މިދިޔަ ހަފްތާގައި އުވާލައްވައިފަ އެވެ.

އަށް މެންބަރުންގެ އެމްޕީއެލް ބޯޑުގައި ތިއްބެވީ އެމްޕީއެލްގެ މެނޭޖިންޑައިރެކްޓަރު އަދި ބޯޑުގެ ޗީފް އެގްޒެކެޓިވް އޮފިރު މަހުދީ އިމާދާއި ހ. ތެމާ މުހަންމަދު ޝިޔާމާއި ށ. ކޮމަންޑޫ ހިޔަލީގޭ އަބްދުލްމަތީން އަހުމަދާއި އިބްރާހިމް ޒަކީ (ހަޒާޝް ޒަކީ) އާއި ސ. ހުޅުދޫ ރިޔާޒާއި މ. މީދުއްފަރު އަހުމަދު ނާސިރާއި ދަފްތަރު ހުސައިން އަރީފާ އަދި މުހަންމަދު ހާޝިމެވެ.

އެމްޕީއެލްގެ ބޯޑު ރައީސް އުވާލައްވާފައި އެ ބޯޑު މެންބަރު މުހައްމަދު ޝިޔާމް ވަކިކުރެއްވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ރައީސް އަށް އިލްތިމާސްކޮށްފައި ވަނިކޮށެވެ. އޭނާ ބޯޑުން ވަކި ކުރެއްވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ރައީސަށް ހުށަހެޅުއްވީ އެ ކޮމިޝަނަށް ބޭނުންވާ، ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ލިޔުންތަކެއް ނުދިން ކަމަށް ކުރާ ތުހުމަތަކާ ގުޅިގެންނެވެ.

އެ މައްސަލައިގެ އިތުރުން އެމްޕީއެލްގެ މެނޭޖިންޑައިރެކްޓަރު އަދި ބޯޑުގެ ޗީފް އެގްޒެކެޓިވް އޮފިރު މަހުދީ އިމާދަށް 120،000ރ. އާއި 130،000ރ.ގެ މުސާރައެއް ބޯޑުން ކަނޑައެޅި ކަމަށް ބުނާ މައްސަލައެއް ވެސް ވަނީ މީޑިއާގައި ފެންމަތިވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު