ހޯދަމުން ދިޔަ 13 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ

އަމިއްލައަށް ގެއިން ނުކުމެ، ފިލައިގެން އުޅޭ ކަމަށް ބުނެ ފުލުހުން މިއަދު ހޯދަން އިއުލާން ކުރި 13 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އާއިލާގެ އެދުމުގެ މަތިން ހޯދަމުން ދިޔަ ގ. ހުރަސްފަރު ޔަޝްފާ އަހުމަދު ފެނިފައިވަނީ މިއަދު ހަވީރު 4:20 އެހާކަން ހާއިރު ކަމަށެވެ. ޔަޝްފާ ފެނުނީ ރޯޝަނީމަގުން ދުއްވާފައި ދިޔަ ޓެކްސީއެއް މަޑުކޮށް އެ ޓެކްސީއަށް އެރުމުން ކާރުގެ ޑްރައިވަރު ފުލުހުންނަށް ރިޕޯޓް ކުރުމުން ކަމަށެވެ.

"އެ ކުއްޖާ މިހާރު ވަނީ އާއިލާއާ ހަވާލުކޮށްފައި،" އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ މަހު ވެސް ޔަޝްފާ ގެއްލިގެން އާއިލާ އިން ފުލުހުންނަށް ވަނީ ރިޕޯޓް ކޮށްފަ އެވެ. އެ ފަހަރު ޔަޝްފާ ފެނިފައި ވަނީ ގަލޮޅުގެއެއްގެ ތެރޭގައި ހުއްޓަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު