މަސާޖް ޕާލާއެއް ރެއިޑްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފި

މާލޭގައި ހިންގަމުންދިޔަ މަސާޖް ޕާލާއަކަށް ފުލުހުން ވަދެ އެތާނގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ވަދެފައި ވަނީ ހ. ފިލެޑެލްފިޔާގައި ސޮންޑޯ ބޮން ބިއުޓީ ކެއާ އެންޑް ސެލޫންގެ ނަމުގައި ހިންގަމުން އައި މަސާޖު ޕާލާއަކަށެވެ.

މިރޭ 8:00 އެހާކަން ހާއިރު ފުލުހުން އެތަނަށް ވަނުމަށް ފަހު 11:30 އެހާކަން ހާއިރު ފުލުހުން އެތަނުން ނެރެގެން ގެއްދިޔައީ ތައިލޭންޑްގެ ތިން އަންހެނަކާއި ދިވެހި ފިރިހެނެކެވެ. ފުލުހުން އެމީހުން ނެރެގެން ގެންދިޔައިރު ގިނަ އަދަދެއްގެ އާންމުން މަންޒަރު ބަލަން އެ ސަރަހައްދަށް އެއްވެފައި ވެއެވެ.

މިއީ ރޯދަމަހަށް ފަހު ފުލުހުން އަތުލައިގަތް ފުރަތަމަ މަސާޖު ޕާލާ އެވެ.

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައި ވަނީ ހަތެއް ފެބުރުއަރީގައި ސަރުކާރު ބަދަލުވުމަށް ފަހު ހަށި ވިއްކަމުން ދިޔަ 21 ތަނެއް ރޯދަމަހާއި ހަމަޔަށް ފުލުހުން ބަންދު ކޮށް 81 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޝަހީމް ވިދާޅުވެފައި ވަނީ އެތަން ތަނުން ހައްޔަރުކުރި ބިދޭސީންގެ ތެރެއިން 43 މީހަކު ޑީޕޯޓް ކޮށްފައިވާ އިރު 63000 ދިވެހި ރުފިޔާ އާއި 2640 ޑޮލަރު ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު