ދިއްގަރު ޒުވާނުންގެ ޖަމިއްޔާ އިން ބޭއްވި ގްރުއާން މުރާތުގެ ނަތީޖާފާޅުކޮށްފި
- 09 ސެޕްޓެމްބަރ 2012 - 8 މަސް 1 ހަފްތާ ކުރިން
- 3 ކޮމެންޓު
މ. ދިއްގަރު ޒުވާނުންގެ ޖަމިއްޔާ އިން އިންތިޒާމުކޮށްގެން މިދިޔަ ރޯދަ މަހު ބޭއްވި "މުދައްރިސު ބޭގެ ހަނދާނުގައި ބާއްވާ 8 ވަނަ ގްރުއާން މުބާރާތު"ގެ ނަތީޖާ ފާޅުކޮށް އިނާމު ދީފި އެވެ.
ދިއްގަރު ޒުވާނުންގެ ޖަމިއްޔާ އިން މިއަދު ބުނި ގޮތުގައި ހުކުރު ދުވަހުގެ ރޭ އެ ރަށު ސްކޫލްގައި އޮތް ރަސްމިއްޔާތުގައި، 125 ދަރިވަރަކު ބައިވެރިވި މުބާރާތުގައި، ބަލައިގެން ކިޔެވުމުގެ ގޮފިން އެއް ވަނަ ހޯދީ އެ ރަށު ޑިމްލައިޓް މަރްޔަމް ޝޫރާ އަލީ އެވެ. ހިތުން ދަސްކުރުމުގެ ގޮފިން އެއް ވަނަ ހޯދީ އެ ރަށު ބްލޫހެވަން މަރްޔަމް ލަމްޔާ މުހައްމަދެވެ.
އެ ޖަމިއްޔާ އިން ބުނީ އެ މުބާރާތް ބާއްވަނީ ގްރުއާން ހިތުދަސްކޮށްދިނުމާއި ރީތި މަހްރަޖުއަށް ގްރުއާން ކިޔެވުމަށް ބާރުއެޅުމާއި ގްރުއާން ކިޔެވުމުގެ ހުނަރާއި ފަންނުވެރިކަން ކުރިއަރުވައި ހިއްވަރުދީ އެކަން ކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށެވެ.






ޓެކްނިކަލް މައްސަލަ ތަކެއް ހައްލުކުރަމުން ދާތީވެ ކޮމެންޓް ކުރުން ވަނީ މިވަގުތައް ބަންދު ކުރެވިފައެވެ.