ވީ ޓީވީ ރީބްރޭންޑްކޮށް ރޭޑިއޯ ޗެނަލެއްގެ ހިދުމަތް އިފުތިތާހުކޮށްފި

ވީޓީވީ ރީބްރޭންޑްކޮށް ރޭޑިއޯ ޗެނަލެއްގެ އިތުރުން ހަފްތާ މަޖައްލާ އަކާއި އޮންލައިން ނޫހެއް ލޯންޗުކޮށްފި އެވެ.

ވީޓީވީގެ ހަތަރު ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ރޭ ވިލާ ކޮލެޖުގައި ބޭއްވި ހަފްލާގައި ވީޓީވީ ރީބްރޭންޑްކޮށް ވީ އެފްއެމާއި ވީކުލީ މަޖައްލާ އާއި ވީ އެންޓްޓައިންމަންޓް ތައާރަފްކޮށްދެއްވީ ވިލާ ގްރޫޕްގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބުރާހިމެވެ.

"އަހަރެންގެ" ޓީވީގެ ނަމުގައި ވީޓިވީ ރީބްރޭންޑް ކުރުމަށް ފަހު އެ ޓިވީޗެނެލްގެ ލޯގޯ ވަނީ ބަދަލުކޮށްފަ އެވެ. ވީއެފްއެމް99ގެ ނަމުގައި ތައާރަފްކުރި އެފްއެމް ރޭޑިޔޯއަކީ މުޅިރާއްޖެ އަށް ބުރޯޑް ކާސްޓުކުރާ ރޭޑިއޯއެއް ކަމަށް އައިލެންޑް ބްރޯޑްކާސްޓިން ކޯޕަރޭޝަނުން ބުންޏެވެ. އެ ޗެނެލްގެ ހިދުމަތް 24 ގަޑިއިރު ރާއްޖޭގެ އެކިކަން ކޮޅަށް ފޯރުކޮށްދޭނެ ކަމަށް ވެސް އެ ފަރާތުން ބުންޏެވެ. އަދި ރޭގެ ހަފްލާގައި ވީކްލީ ހަފްތާ މަޖައްލާގެ ފުރަތަމަ އަދަދު ވަނީ ނެރެފަ އެވެ.

ރޭގެ ހަފްުލާގައި ވަނީ ވީޓީވީގެ އިމާރަތަށް މި އަހަރުގެ މާޗް މަހުގެ ތެރޭގައި ބަޔަކު ދިން ހަމަލާގައި އެ ޓީވީ ސްޓޭޝަންގެ އިތުރުން މުވައްޒަފުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެހީތެރިވެދިން އެމްއެންޑީއެފްގެ ސިފައިންގެ 12 މީހަކަށް ހަދާނީ ފިލާ ދީފަ އެވެ. މީގެ އިތުރުން ވީޓީވީގެ ވިޔަފާއި ޕާޓްނަރުންނާއި އެކި ގޮތްގޮތުން އެޓިވީ ސްޓޭޝަނަށް އެހީތެރިވި ފަރާތްތަކަށް ވެސް ހަނދާނީ ފިލާ ދީފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު