އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން މަޑުޖައްސަލައިފި

އެމެރިކާގެ ދިފާއީ ވަޒީރު، ލޮއިޑް އޮސްޓިން. ފޮޓޯ/އަލް ޖަޒީރާ

އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން މަޑުޖައްސައިލައިފައިވާ ކަން އެމެރިކާގެ ދިފާއީ ވަޒީރު، ލޮއިޑް އޮސްޓިން ކަށަވަރުކޮށްދީފިއެވެ.

ހަތިޔާރު ފޯރުކޮށްދިނުން މަޑުޖައްސާލީ އިސްރާއީލުން ޣައްޒާގެ ރަފަހްއަށް ހަމަލާދޭން ފެށުމުން ކަމަށް އޮސްޓިން ވިދާޅުވިއެވެ.

"ފެށުނީއްސުރެ އަހަރުމެން ވަރަށް ސާފުކޮށް ބުނަމުން އައީ އިސްރާއީލުން ރަފަހްގައި ތިބި އާންމުން ހިމާޔަތްނުކޮށް އެ ސަރަހައްދަށް ހަމަލާ ނުދޭން. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް އޮސްޓިން ވިދާޅުވިއެވެ.

މިވަގުތު އިސްރާއީލަށް ހަތިޔާރު ފޯރުކޮށްނުދޭނެ ކަމަށް އެމެރިކާއިން ކަށަވަރުކޮށްދީފައި ވަނީ ޣައްޒާ ހަނގުރާމައާ ގުޅިގެން އިސްރާއީލުގެ އެންމެ ގާތް ގައުމު ކަމަށްވާ އެމެރިކާއަށް ބައިނަލްއަގުވާމީ ޕްރެޝަރު ބޮޑުވަމުންދާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން އިސްރާއީލުން އދ.އަށް ކަނޑައަޅައިފައި ހުންނަ މަންދޫބު ގިލާޑް އެރްޑަން ވިދާޅުވީ އެމެރިކާގެ އެ ނިންމުމަކީ ވަރަށް މާޔޫސް ކުރަނިވި ނިންމުމެއް ކަމަށެވެ.

އެމެރިކާއިން އިސްރާއީލަށް މިހާރު ފޮނުވަން ހަމަޖެހިފައިވާ ހަތިޔާރު ޝިޕްމަންޓްގައި ހިމެނެނީ ކޮންމެ ބޮމެއްގެ ބަރުދަނުގައި 900 ކިލޯ ހުންނަ 1800 ބޮމާއި 226 ކިލޯ ހުންނަ 1،700 ބޮން އަލް ޖަޒީރާއިން ރިޕޯޓުކުރެއެވެ.

comment ކޮމެންޓް