އޭޝިއާއިން ހެވިލެންޑު ސެޓްފިކެޓް ފުރަތަމަ ހޯދުމުގެ ޝަރަފު ޓީއެމްއޭއަށް

އޭޝިއާ އިން ފުރަތަމަ ހެވިލެންޑުގެ ސެޓްފިކެޓް ހޯދުމުގެ ޝަރަފު ޓީއެމްއޭއަށް-- ފޮޓޯ:ޓީއެމްއޭ

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ޓްވިން އޮޓާ މަތިންދާ ބޯޓު އުފައްދާ ކުންފުނި ޑި ހެވިލެންޑް ކެނެޑާގެ އެންޑޯސްމަންޓް ސެޓްފިކެޓް ލިބިއްޖެއެވެ.

މިގޮތުން ޓީއެމްއޭ އަކީ އޭޝިއާގައި ޑެ ހެވިލެންޑުން މި ޝަރަފު ލިބުނު ފުރަތަމަ އެއާލައިނެވެ.

މިދިޔަ އާދީއްތަ ދުވަހު ޓީއެމްއޭ އިން ބޭއްވި ރަސްމީ އެންޑޯސްމަންޓް ރަސްމިއްޔާތުގައި، ހެވިލެންޑުގެ ސީއީއޯ ބްރައިއަން ޗާފޭ ވަނީ މި ސެޓްފިކެޓް ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ ސީއީއޯ، އޭޔޫއެމް ފައުޒީއަށް ހަވާލުކޮށްދެއްވާފައެވެ.

އޭޝިއާ އިން ފުރަތަމަ ހެވިލެންޑުގެ ސެޓްފިކެޓް ހޯދުމުގެ ޝަރަފު ޓީއެމްއޭއަށް-- ފޮޓޯ:ޓީއެމްއޭ

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދިނީ ޑި ހެވިލެންޑްގެ ވެރިން ކަމަށްވާ ޝެރީ ބްރައިޑްސަން އަދި ރޮބަޓް މެކްޑޮނަލްޑްގެ އިތުރުން ޑި ހެވިލެންޑް އަދި ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ ސީނިއާ މެނޭޖްމަންޓާއި މަންދޫބުންނެވެ.

ޓީއެމްއޭގެެ ސީއީއޯ ފައުޒީ މި ރަސްމިއްޔާތުގައި ޓީއެމްއޭގެ ކާމިޔާބީއާއި ޓްވިން އޮޓާ އެއާކްރާފްޓުން ފޯރުކޮށްދޭ އެހީތެރިކަމަށާއި ސަޕޯޓަށް ޝުކުރު ދެންނެވިއެވެ.

ޑިހެވިލެންޑް ގްރޫޕްގެ ސީއީއޯ ބްރައިއަން ޗާފޭ ވިދާޅުވީ ޕީކް ގަޑިތަކުގައި ފްލައިޓްތައް ދަތުރުކުރާއިރު، ގާތްގަނޑަކަށް ކޮންމެ މިނެޓަކު ވެސް އުދުހުންތަކާއި ޖެއްސުންތައް ހިނގާއިރު، ޓްވިން އޮޓާސްގައި ޓީއެމްއޭއިން ދެ މިލިއަން ފްލައިޓް ސައިކަލް ފުރިހަމަކުރުން، އެއީ ކާމިޔާބީއެއް ކަމަށެވެ.

މިއީ ދުނިޔޭގެ އެހެން އެއްވެސް ތަނެއްގައި މީގެ ކުރިން ދުވަހަކު ވެސް ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހެވިލެންޑް ގްރޫޕުން ބުނީ ޓީއެމްއޭއަށް ކުރިއަށް އޮތްތަނުގައި ވެސް ތާއީދުކުރާނެ ކަމަށާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ކަމަށެވެ.

ހެވިލެންޑު އިން ވަނީ އޭވިއޭޝަންގެ ތާރީހަށް ފޯރިގަދަ އާ ބާބެއް ފަހިކޮށްދީފައެވެ.

comment ކޮމެންޓް