ސޯޝަލް މީޑިއާގައި ދީނަށް ފުރައްސާރަ ކުރި މީހެއްގެ މައްސަލަ ބަލަނީ

ދީނަށް ފުރައްސާރަ ކުރި މީހެއްގެ މައްސަލައެއް ބަލަނީ- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސޯޝަލް މީޑިއާގައި ދީނަށް ފުރައްސާރަކުރި މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

އެ މައްސަލަ ފެންމަތިވެފައިވަނީ، ދީނަށް ފުރައްސާރަކޮށްފައިވާ ލިޔުމެއް ހިއްސާކުރި މީހަކާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އެކްސްގައި އާންމު މީހަކު ކުރި ޕޯސްޓަކާ ގުޅިގެންނެވެ.

އެ ލިޔުމުގައި ޝިރުކާ ގުޅޭ ގޮތުން ދައްކާފައިވާ ވާހަކައާ މެދު ކަންބޮޑުވުން ފާޅުކޮށް، އެފަދަ ލިޔުންތައް ހިއްސާކުރަން ފުރުސަތު ދީގެން ނުވާނެ ކަމަށް އެ މީހާ ބުނެފައިވެއެވެ.

އެ ޕޯސްޓާ ގުޅުވައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެ ލިޔުން ހިއްސާކުރި މީހާއާއި އެ އެކައުންޓުގައި ހިއްސާކޮށްފައިވާ ޕޯސްޓުތަކުގެ މައްސަލައިގައި ސީރިއަސް ތަހުގީގެއް ފަށައިފައިވާ ކަމަށެވެ.

ރާއްޖޭގައި ދީނަށް ފުރައްސާރަކޮށް، ކުފުރުވާ މީހުންގެ މައްސަލަ މަދުން ނަމަވެސް ފެންމަތިވެއެވެ. އެފަދަ މައްސަލަތަކުގައި މީގެ ކުރިން ޖަލަށް ލާން ހުކުމްކޮށްފައި ވެސްވެއެވެ.

comment ކޮމެންޓް