ޝަހީދުކޮށްލައިފައިވާ މީހުންގެ ގުނަވަންތައް ވަގަށް ނަގައިފައިވާކަމުގެ ކަންބޮޑުވުން

ނަސީރު ހޮސްޕިޓަލުގެ ގޯތިތެރެއިން ނަގަފައިފާ ބައެއް ހަށިގަނޑުތައް.ފޮޓޯ/މިޑްްލް އީސްޓް މޮނިޓާ

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލްގެ ގޯތިތެރެއިން ގިނަ އަދަދެއްގެ ގަބުރު ފެނިފައިވާއިރު، އެމީހުންގެ ގުނަވަންތައް ވަގަށް ނަގައިފައިވާ ކަމުގެ ކަންބޮޑުވުން ހަށިގަނޑުތައް ހޯދުމުގައި ބައިވެރިވާ ޓީމުތަކުން ފާޅުކޮށްފިއެވެ.

ޚާން ޔޫނިސުން އިސްރާއީލުގެ ސިފައިން ފައިބައިގެން ދިޔަފަހުން، ނަސީރު ހޮސްޕިޓަލުގެ ގޯތިތެރެއިން ގާތްގަޑަކަށް 392 މީހުންގެ ހަށިގަނޑު ވަނީ ފެނިފައެވެ. އޭގެތެރެއިން 165 ހަށިގަނޑަކީ ކާކުކަން ވަކިނުވާ ހަށިގަނޑުތައް ކަމަށް ފަލަސްތީނުގެ ދައުލަތުގެ މިޑިއާ، ވަފާ ނޫހުން ރިޕޯޓުކުރެއެވެ.

ޝަހީދުކޮށްލައިފައިވާ މީހުންގެ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހުންގެ ހަށިގަނޑުތަކުން އަނިޔާގެ އަލާމާތްތައް ފެންނަންހުއްޓެވެ. މީހުން ހޯދުމުގައި މަސައްކަތްކުރާ ޓީމުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މީހުންގެ ދެ އަތް ބަނދެ ބަނޑުގައި ޒަހަމްތައް ވެސް ފެންނަން ހުއްޓެވެ. އެހެންވެ، ހަށިގަނޑުތަކުން ގުނަވަންތައް ނަގާފައި ހުރި ކަމަށް ވަރަށް ބޮޑަށް ޝައްކު ކުރެވޭ ކަމަށް ޓީމުތަކުން ބުނެއެވެ.

އޭގެ އިތުރުން ހޮސްޕިޓަލް ޔުނީފޯމުގައި އޮތް ޒުވާން އަންހެން ކުއްޖެއްގެ ހަށިގަނޑު ވެސް ފެނިފައިވާ ކަމަށާއި ބޮޑަށް ބެލެވެނީ އެ ކުއްޖާ ދިރިހުއްޓާ މަރައިލައިފާ ކަމަށް ޓީމުތަކުން ބުނެއެވެ.

ގިނަ ހަށިގަނޑުތަކެއް ޕްލާސްޓިކާއި ނައިލޯނުން ހަދާފައިވާ ކަޅު އަދި ނޫކުލައިގެ ކަފުންތަކަކަށް ލާފައިވާއިރު، އެއީ ޣައްޒާގައި ބޭނުންކުރާ އާދައިގެ ކަފުނާއި ތަފާތު ކަފުނެއް ކަމަށާއި އިސްރާއީލުން އެ ކަފުން ބޭނުންކޮށްފައި ހުރީ ހަށިގަނޑުތައް އަވަހަށް ނައްތައިލައި ހެކި ފޮރުވަން ކަމަށް ވެސް ޓީމުތަކުން ހާމަކޮށްފައިވެއެވެ.

ބިމުން ފެށިގެން ތިން މީޓަރު އަޑީގައި ހަށިގަނޑުތައް ވަޅުލައިފައި ހުރީ އެކަކު އަނެކަކުގެ މައްޗަށް ވާގޮތަށެވެ.

ނަސީރު ހޮސްޕިޓަލުގެ އިތުރުން އަލް ޝިފާ ހޮސްޕިޓަލުން ވެސް ވަނީ ގިނަ އަދަދެއްގެ ހަށިގަނޑު ވަޅުލައިފައި ހުއްޓައި ފެނިފައެވެ.

comment ކޮމެންޓް