ކައްކާއިރު ކާށި ތެޔޮ ބޭނުންކުރުމުގެ މުހިއްމުކަން

ކާށި ތެޔޮ: ކެއްކުމުގައި ބޭނުންކުރެވިދާނެ ފައިދާހުރި ބާވަތެއް--ފޮޓޯ/ޕިންޓްރެސްޓް

ކެއްކުމަށް ތަފާތު އެކި ވައްތަރުގެ ތެޔޮ ބޭނުން ކުރަމުން އަންނައިރު ބައެއް މީހުންގެ މެދުގައި ކާށި ތެޔޮ ކެއްކުމަށް ބޭނުންކުރުމާ މެދު ޚިޔާލު ތަފާތުވުންތައް ވަނީ އުފެދިފައެވެ. ސަބަބަކީ ކާށި ތެލުގައި އެކުލެވޭ ސެޗުރޭޓެޑް ފެޓްގެ މިންވަރު އިތުރުވުމުންނެވެ. ނަމަވެސް ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ސެޗުރޭޓެޑް ފެޓަކީ ކުރިން ހީކުރެވުނު ފަދަ ސިއްހަތަށް ނުރަނގަޅު އެއްޗެއް ނޫނެވެ.

ކާށި ތެލަކީ ކެއްކުމަށް ބޭނުންކުރާ އެހެން ތެލާ ވަރަށް ތަފާތު އަދި ފެޓީ އެސިޑްގެ ތަފާތު ކޮމްޕޮޒިޝަނެއް އެކުލެވިގެންވާ ތެލެކެވެ. ފެޓީ އެސިޑަކީ ގާތްގަނޑަކަށް 90 އިންސައްތަ ސެޗުރޭޓެޑް އެއްޗެކެވެ. ކާށި ތެލުގައި ފެޓް ކޮންޓެންޓް1 މަތީ މިންވަރަކަށް އެކުލެވިގެންވުމާ އެކު މިއީ ދޮން ގަދަކޮށް ނުވަތަ ހައި ހީޓްގައި ތައްޔާރުކުރާ ކާނާ ކެއްކުމަށް ވަރަށް އެކަށީގެންވާ ތެލެކެވެ.

ކާށި ތެލަކީ ކެއްކުމުގެ އިތުރުން ރީތިވުމަށް ވެސް ބޭނުންކުރެވިދާނެ މުހިއްމު ބާވަތެއް--ފޮޓޯ/ޕިންޓްރެސްޓް

މީގެ އިތުރުން، ކާށި ތެލަކީ ލޭގެ ލިޕިޑްތައް އެކުލެވިގެންވާ މިންވަރު އިތުރުކޮށްދޭ ވަރަށް މަދުން ނޫނީ ނުފެންނަ ސެޗުރޭޓެޑް ފެޓްގެ ވައްތަރެއް ކަމަށްވާ ލޯރިކް އެސިޑް އެކުލެވިގެންވާ ތެލެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ގަވައިދުން ކާށި ތެޔޮ ބޭނުންކުރުމުން ލޭގައި ދައުރުވާ ލިޕިޑްތަކުގެ މިންވަރު ރަނގަޅުވެ، ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

ހަމައެއާއެކު ކާށި ތެޔޮ ބޭނުން ކުރުމުން ބަރުދަން ލުއިކޮށް ދިނުމަށް ވެސް އެހީތެރިވެދޭކަމުގެ ހެކިތައް ފަހުގެ ދިރާސާތަކުން ވަނީ ހޯދާފައެވެ. އޭގެތެރޭ ބަނޑުގައި އުފެދޭ ސަރުބީގެ މިންވަރު ދަށްކޮށްދީ ބަނޑުހައިވުން ކުޑަކޮށްދެއެވެ. ނަމަވެސް މި ކަމުގައި ބައެއް ސައެންސްވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައިވާއިރު މިކަމާ ގުޅިގެން ކުރެވިފައިވާ ދިރާސާތައް މަދުކަން ވެސް ސައިންސްވެރިން ފާހަގަކުރެއެވެ.

މީގެ ކުރިން ވެސް ދިވެހީންނަކީ ވެސް ކާށީގެ ބޭނުން އާދަވެގެން ކުރަމުން އައި ބައެކެވެ. ދިވެހިންގެ އިތުރުން އަވައްޓެރި އިންޑިއާ އަދި ކޮޅުނބުގެ ގިނަ ކެއުންތަކަކީ ކާށި އަދި ކާށި ތެޔޮ ބޭނުންކޮށްގެން ތައްޔާރުކުރާ ކެއުންތަކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު