އަމީތާބު އެއް މިލިއަން ޑޮލަރުގެ އިތުރު ބިމެއް ގަނެފި

ހިންދީ ސިނަމާގެ މަގުބޫލު އެކްޓަރު އަމީތާބު ބައްޗަން -- ފޮޓޯ/އެންޑީޓީވީ

މިހާރު ވެސް މިލްކިއްޔާތުގައި ގިނަ އަދަދަކަށް މުދާ ހުރި އިންޑިއާގެ އެކްޓަރު އަމީތާބް ބައްޗަން އަނެއްކާ ވެސް އެއް މިލިއަން ޑޮލަރުގެ އަގުހުރި ބިމެއް ގަނެފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ދާދިފަހުން ރިލީޒްކުރި ފިލްމު "ކަލްކީ"ގެ ޓީޒާގައި މީގެކުރިން ނުފެންނަ، ތަފާތު ލުކްއެއްގައި ދައްކާލި އެކްޓަރު ގަނެފައިވަނީ މަހާރާޝްތުރާގެ އަލީބާގްއިން 20 އޭކަރުގެ ބިމެކެވެ. ފިލްމީ ޚަބަރުތައް ބުނާގޮތުން އަމީތާބްގެ މި ރިއަލް އެސްޓޭޓްގެ ބޮޑު އިންވެސްޓްމެންޓަކީ 2023ވަނަ އަހަރުގެ އޭޕްރިލް މަހު ބިގްބީ ރަސްމީކޮށް ފެށި "އަލީބާގް" ނަމަކަށް ކިޔާ ޕްރޮޖެކްޓަކާ ގުޅިފައިވާ މަޝްރޫއެކެވެ.

އަމީތާބް ބައްޗަންގެ ދެކުދިން ޝްވެތާ ބައްޗަން އަދި އަބީޝެކް ބައްޗަން -- ފޮޓޯ/ ފިލްމުފެއަ
މީގެ ކުރިން ވެސް އަމީތާބް ވަނީ ރިއަލް އެސްޓޭޓް ވިޔަފާރި ކުންފުނި އެޗްއޯއޭބީއެލްއާ ގުޅިގެން އިންވެސްޓްމެންޓެއް ކޮށްފައެވެ. އެއީ, އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ އަޔޯދިޔާގައި ސަރަހައްދުން ގަނެފައިވާ މި ބިމުގެ އަގު ވެސް އެއް މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. މި ޕްރޮޖެކްޓުގެ މަސައްކަތް ނިމޭއިރު އެ ބިމުގައި ފަސް ތަރީގެ ބޮޑު ޕެލަސް ހޮޓަލެއް ހުންނާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

އަމީތާބް ދާދިފަހުން ވަނީ ޖުހޫގައި ހުންނަ އަމީތާބުގެ މިލްކިއްޔާތުގައި ހުރި އެންމެ އަގުބޮޑު ގެ އަންހެން ދަރިފުޅު ޝްވެތާ ބައްޗަންއަށް ހަދިޔާކޮށްފައެވެ. ޕްރަތިކްޝާ ނަމަކަށް ކިޔާ މި ގޭގެ އަގު ފަސް މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. އަމީތާބްގެ މިލްކިއްޔާތުގައި ހުރި މުދާތައް ދެ ކުދިން ކަމަށްވާ އަބީޝެކް ބައްޗަންއާއި ޝްވެތާ ބައްޗަންގެ މެދުގައި ހަމަހަމައަށް ބަހާލަން ނިންމާފައިވާކަން އަމީތާބް ވަނީ މާ ކުރިން އިއުލާނުކޮށްފައެވެ.

comment ކޮމެންޓް