ޑްރޯން ބޭނުންކޮށް، ގެއްލުނު ދޯނި ހޯދައިފި

އެމްއެންޑީއެފަށް ދޯނި ފެނުނު ސަރަހައްދު: ޑްރޯން އާއި ކޯސްޓްގާޑުގެ އުޅަނދުތަކުގައި ކަނޑު މަގުން ކުރި މަސައްކަތުން ދޯނި ފެނުނީ ރަތްމަންދޫގެ 23 ނޯޓިކަލް މޭލު ބޭރުން -- ފޮޓޯ/ އެމްއެންޑީއެފް

މ. މަޑުއްވަރިން އެ އަތޮޅު ރަތްމަންދޫ ކައިރިއަށް އިއްޔެ މަހަށް ގޮސް އުޅެނިކޮށް ގެއްލުނު ދޯނި ހޯދައިފި ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ މި ދޯނި ފެނުނީ ރަތްމަންދޫގެ 23 ނޯޓިކަލް މޭލު ބޭރުން އިންޖީން ހުއްޓިފަައިވަނިކޮށް ކަމަށެވެ. އަދި ދޯނީގައި ތިބި ތިން މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ސިފައިން ބުންޏެވެ.

އެ ދޯނީގައި ތިބީ ކ. މާފުށިން ދިޔަ ބައެއް ކަމަށް އެމްއެންޑީއެފް މީޑިއާ އޮފިޝަލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މި ދޯނި ހޯދުނީ އެމްއެންޑީއެފް އިން އެއާ ކޯގެ ޢަަސްކަރީ ޔޫއޭވީ އާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރު ބޭނުންކޮށްގެން ކަނޑާއި ވައިގެ މަގުން ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިންނެވެ.

comment ކޮމެންޓް