ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅޭ ޓީމުތަކާއި އެކު ޕްލެޔާ މެސްކޮޓަކަށް ވެގެން ދަނޑަށް އެރުމުގެ ފުރުސަތު ބީއެމްއެލް އިން ހުޅުވައިލައިފިއެވެ.
ބީއެމްއެލުން ބުނީ، އެ ލީގުގެ ފައިނަލް މެޗުގައި ކުޅޭ ޓީމުތަކާއެކު މެޗު ފެށުމުގެ ގޮތުން ދަނޑަށް އަރާ ކުދިންގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް މާސްޓާ ކާޑު ކަސްޓަމަރުންނަށް ހުޅުވައިލައިފައވާ ކަމަށެވެ.
މި އަހަރު ޗެމްޕިއަންސް ލީގު ފައިނަލް އޮންނާނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.
މާސްޓާކާޑު ޕްލޭޔާ މެސްކޮޓް އެކްސްޕީރިއަންސްގެ ދަށުން ފުޓްބޯޅައަށް ލޯބިކުރާ މީހުންނަށް ޔޫއެފާ ފައިނަލް މެޗު ބަލައިލައި، ދުނިޔޭގެ އެންމެ މޮޅު ބައެއް ކުޅުންތެރިންނާއެކު ދަނޑަށް އެރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލުން ބުނީ، މި ޕްރޮމޯޝަނުގެ ދަށުން ލިބޭ އިނާމުގެ ގޮތުގައި ދެ މީހަކަށް (ބޮޑު މީހަކާއި ކުއްޖަކަށް) ހުރިހާ ޚަރަދަކާއެކު ލަންޑަންގައި ހަތަރު ދުވަހަށް ހުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އޭގެތެރޭގައި:
- ލަންޑަން ދެކޮޅު ޑިކެޓް
- އެކޮމޮޑޭޝަން
- ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް މެޗުގެ ދެކޮޅު ޓިކެޓް
- ޕްލޭޔާ މެސްކޮޓް( ދަތުރުގައި ބައިވެރިވާ ކުއްޖާއަށް ފައިނަލް މެޗު ފަށަން ދަނޑަށް އަރާ ކުޅުންތެރިންނާއެކު ދަނޑަށް އެރުމުގެ ފުރުސަތު)
- ޕޮކެޓް މަނީ
- ވެލްކަމް ގިފްޓެއް
މި ޕްރޮމޯޝަންގައި މާސްޓާކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭނެ ކަމަށް އެ ބޭންކުން މައުލުމާތު ދެއެވެ.
ބީއެމްއެލުން މައުލޫމާތު ދިން ގޮތުގައި މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.
މާސްޓަކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ. ބީއެމްއެއް އަކީ ރާއްޖޭގައި މާސްޓަކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލްއިން އަންނަނީ ރާއްޖޭގައި މާސްޓަކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.