ބަންކަރިންގެ ޚިދުމަތަށް ޚާއްސަ މެޕުގައި ރާއްޖެ ހިމެނިއްޖެ

މުދާ ބަރުކޮށްފައިވާ ބޯޓަކުން މުދާ ބާލަނީ: މިދިޔަ އޮގަސްޓް މަހު އިމްޕޯޓްކުރި އަދަދު އަށް ޕަސެންޓް އިތުރު --- ސަން ފައިލް ފޮޓޯ

ބަންކަރިންގެ ޚިދުމަތަށް ޚާއްސަ މެޕުގައި ރާއްޖެ ހިމެނިއްޖެއެވެ.

ބަންކަރިންގެ ޚިދުމަތަކީ ބޮޑެތި ބޯޓުތަކަށް ތެޔޮ އަޅައިދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަންކަރިންގެ ޚިދުމަތަށް ޚާއްސަ ކުރެވިފައިވާ މެޕުގައި ރާއްޖެ ހިމެނިފައިވާ ކަމަށެވެ.

އެގޮތުން މިނިސްޓަރު ވަނީ ދުނިޔެއަށް މަޝްހޫރު ވައިޓަލް ބަންކާސް މެޕުގައި ރާއްޖެ ހިމެނިފައިވާ ތަން ހާމަވާ ފޮޓޯއެއް ހިއްސާ ކުރައްވާފައެވެ.

އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި، އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް އެޅުމަށް އެސްޓީއޯއިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ 'ވިޓޯލް'އާއެކު މިދިޔަ މަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެގޮތުން ރާއްޖޭގައި ގާއިމުކުރާ އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީން، ބޭރުން ދާ ބޮޑެތި ބޯޓުތަކަށް ރާއްޖެ އައިސް ތެޔޮ އެޅޭނެ ނިޒާމު ހަމަޖެހޭނެއެވެ.

މިކަމާ ގުޅިގެން އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހީމް ވިދާޅުވީ މި ޕްރޮޖެކްޓުގެ ސަބަބުން އިގްތިސާދީ ގޮތުން ވެސް އެތަކެއް ފައިދާތަކެއް ލިބޭނެ ކަމެއް ކަމަށެވެ.

https://sun.mv/189784

މީގެ އިތުރުން ގައުމަށް ލިބޭ ބޭރު ފައިސާ އިތުރުވެ، ރާއްޖޭގެ ފޮރިން ކަރަންސީ ރިޒާވް މި ޕްރޮޖެކްޓުގެ ސަބަބުން އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި ޕްރޮޖެކްޓުގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް ވެސް އިތުރުވާނެ ކަން ޝިމާދު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް